އިންޑިއާގެ ރަޖިސްޓްރީ ނަންބަރު ބޯޑެއް ހަރުކޮށްފައި އޮއްވައި ހުޅުމާލޭން ފެނުނުކަމަށް ބުނާ ކާރު، އެ ރަޖިސްޓްރީ ނަންބަރު ބޯޑު ނަގާފައި އޮއްވައި، ޓޯކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ރަޖިސްޓްރީ ނަމްބަރު ބޯޑު ހަރުނުކޮށް އޮއްވައި މި ކާރު ޓޯކޮށްފައިވަނީ ހުޅުމާލެ އަމީން އެވެނިއު ކުރިމަތީ ޕާކުކޮށްފައި އޮއްވައިކަމުގައެވެ.
މި ވެހިކަލް ޓޯކޮށްފައިވަނީ ރޭގެ 23:30 ކަމުގައިވެސް ފުލުހުން މައުލޫމާތުދެއެވެ.
މި ކާރުގައި އިންޑިއާގެ ރަޖިސްޓްރީ ނަންބަރު ބޯޑް ހަރުކޮށްފައި ހުއްޓައި ނަގާފައިވާ ފޮޓޯއެއް މީސްމީޑިއާގައި ވަނީ އާއްމުވެފައެވެ.