އިބްރާހީމް ޝަރީފް

ޑރ. އިޔާޒާއި އިލްމުވެރިން ވަޑައިގަންނަވާ، އަންހެން ފަނޑިޔާރުން ހުއްދަކަން ޤުރުއާނާއި ހަދީސުން ދައްކާނަން

އިބްރާހިމް ޒަކީ

3

ރާއްޖޭގައި ތިއްބެވި ހުރިހާ ފަނޑިޔާރުންނާއި، ދީނީ އިލްމުވެރިންނާއި، ހާއްސަކޮށް، ކަޒިން ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ވަޑައިގެންނެވި ނަމަވެސް ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުން އިސްލާމު ދީނުގައި ހުއްދަކަން ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ހަދީސުން ދައްކާނެ ކަމަށް، އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމަކީ، އިސްލާމްދީނުގެ އަސްލުތަކާ ހިލާފު ކަމެއްކަމަށްބުނެ، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ދެއްކެވި ވާހަކައިގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންހެން ބޭފުޅުން އައްޔަން ކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއްނޫން ކަމަށް ވިދާޅުވެ ރައުޔު ނެރުއްވާ ދީނީ އިލްމުވެރިންނަަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވީ، އިންސާނީ ހަމަހަމަކަމާދޭތެރޭ އެތައް ސޫރަތެއްގެ އެތައް އާޔަތެއް ބާވައިލައްވާފައިވަނިކޮށް އައްނިސާ ސޫރަތުން ވަރަށް ހަނި ތަރުޖަމާއެއް ކޮށްގެން އެފަރާތްތަކުން ދައްކާ ވާހަކަ ގަބޫލު ނުކުރެވޭ ކަމަށެވެ.

"އަޅުގަނޑު ޖެހިލުމެއްނުވޭ، ތި ހުރިހާ ފަނޑިޔާރުން ވަޑައިގަންނަވާ، އަޅުގަނޑުގެ ކުރިމައްޗަށް ގާޒީންނާއި، އަދި ދަންނަބޭކަލުންނާ، ޖަވާބުދޭށޭ މިހިރީ އިނގޭތޯ، ކެރިގެން ޖަވާބުދޭނަން، އަޅުގަނޑުގެ ކަޒިން ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފަށް ވެސް ޖަވާބުދޭން ތައްޔާރު، އާޔަތްތަކާއި ހާދިސްތަކާ ހިފައިގެންވަޑައިގަންނަވާ، ކެރިގެން މިދަންނަވަނީ އަޅުގަނޑުމެން ހުއްޖަތް ދައްކާނަން، ހަދީސުން، އާޔަތުން، ހަމަތަކުން އުސޫލުތަކުން،" ޝަރީފް ވިދާޅުވިއެވެ.

އިސްލާމީ ތާރީހުގައި އަންހެން ބޭކަނބަލުން އަދާކުރެއްވި ދައުރު ފާހަގަ ކުރައްވައި، ޝަރީފް ވިދާޅުވީ، ފެށުނީއްސުރެ މިއަދާހަމައަށް އިސްލާމީ ގައުމުތަކުގައި ފަތުވާދޭ މުފްތީންގެ ގޮތުގައި އަންހެންބޭފުޅުން އެބަ ތިއްބެވި ކަމަށެވެ

އަދި އިސްލާމީ ތާރީހުގައި ވަރަށް ހާއްސަ މަގާމުތަކެއް އަދާކުރައްވައި އިންސާނއިްޔަތަށްޓަކައި ގިނަގުނަ ހިދުމަތްތައް ކުރެއްވި އަންހެން ބޭކަނބަލުންގެ ވާހަކަ ކީރިތި ގުރުއާނުގައި ބަޔާންކޮށްދެއްވާފައިވާ ކަމަށާއި، އެގޮތުން ބަގަރާ ސޫރަތުގައި ހައްވާގެފާނުގެ ވާހަކަ ވަރަށް ފުރިހަމައަށް ބަޔާންކުރައްވާފައިވާ ކަމަށް ޝަރީފު ފާހަގަކުރެއްވިއެވެ.

އެހެންކަމުން އަންހެނުންނެކޭ އެއްގޮތަށް ފިރިހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، 1960 ވަނަ އަހަރު ފުރަތަމަ ފަހަރަށް މެލޭޝިޔާގައި އަންހެނުންނަށް ފަނޑިޔާރުކަންދިން ކަމަށާއި، ހަމަ އެގޮތަށް، އަރަބި، އިސްލާމީ ގައުމުތަކުގައިވެސް އަންހެން ފަނޑިޔާރުން އެބަ ތިއްބެވި ކަމަށެވެ.

އިސްލާމީ ތާރިހަށް ބަލާއިރު އާއިޝަތުގެފާނަކީ ކީރިތި ރަސޫލާގެ ކިބައިން ގިނަ ހަދީސްތައް ރިވާކުރެއްވި ބޭކަނބަލެއް ކަމަށާއި، އެހަދީސްތަަކަށް ބިނާކޮށް އިސްލާމީ އުުސޫލު ތަކާއި އަސްލުތައް ދަންނަބޭކަލުން ބިނާކުރައްވާފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަންހެން ބޭފުޅުން އައްޔަން ކުރެއްވުމަށް، ރައީސުލް ޖުމްހޫރިއްޔާ ނެންގެވި ހިތްވަރުގަދަ ފިޔަވަޅަށް މަރުހަބަ ވިދާޅުވާ ކަމަށާއި، އައްނިސާ ސޫރަތުގެ އާޔަތެއް ވަރަށް ހަނި ގޮތަކަށް ތަރުޖަމާ ކުރައްވައިގެން ބައެއް ބޭފުޅުން މި ވިދާޅުވާ ވިދާޅުވުން ގަބޫލު ކުރެއްވެން ނެތް ކަމަށެވެ.

"ދިވެހި ފިރިހެނުންނާއި އަންހެނުންގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާ ނެންގެވި ހިތްވަރުގަދަ ފިޔަވަޅަށް މަރުހަބާ އާއި ޝުކުރު ދަންނަވަން. ނިސާ ސޫރަތުގައި އޮތް އާޔަތެއް ވަރަށް ހަނި ހަނި ގޮތަކަށް ތަރުޖަމާކޮށްގެން ބައެއް ބޭފުޅުން، ވަކިން ހާއްސަކޮށް އަޅުގަނޑަށް ފާހަގަ ކުރެވޭ، އަޅުގަނޑުގެ ކަޒިން ޑރ. އިޔާޒު އަބުދުއްލަތީފު މިކަން ތަރުޖަމާކުރާ ކުރުމަށް އަޅުގަނޑު އިންކާރުކުރަން، އަޅުގަނޑުގެ ކަޒިންއަށް އަޅުގަނޑު މި ގޮވާލަނީ، ތިޔަ ފީކަޅާ ވާހަކަ ދެއްކެވުން ހުއްޓާލާށޭ،" ޝަރީފު ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟