ބޮލީވުޑް

ސަޅަކް ދޭއްގެ އޫޓީ އަދި މައިސޫރު ޝޫޓިން ނިންމާލައިފި

މަހޭޝް ބަޓް، އާލިޔާ ބަޓް އަދި ޕޫޖާ ބަޓް އެކުގައި މަސައްކަތް ކުރާ ފިލްމު ސަޅަކް ދޭއްގެ ޝޫޓިންތައް ކުރިއަށް ދަނީ ވަރަށް ހަލުވިމިނުގައެވެ. މިއީ މިތިން ތަރީން އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.

ފިލްމުގެ ޝޫޓިންގެ އޫޓީ އަދި މައިސޫރުގެ ބައިތައް މިވަނީ ނިންމާލާފައެވެ. ޕޫޖާ ވަނީ މައިސޫރު ޝޫޓިން ނިންމާލަމުން "އިޓްސް އަ ރެޕް" ކިޔާ ތަންކޮޅު ވީޑިއޯކޮށް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.

ވީޑިއޯގައި ފިލްމުގެ ކްރޫއިން އެއްޗެހިތައް ޕެކްކޮށް ވޭނަކަށް އަރުވާތަންފެނެއެވެ.

ފިލްމުގައި ޕޫޖާ ބަޓް އަދި ސަންޖޭދަތުގެ އިތުރުން އާލިޔާ ބަޓް، އަދިއްތިޔަ ރޯއީ ކަޕޫރު، ގުލްޝަން ގްރޯވަރު، މަކްރަންދް ދޭޝްޕާންޑޭ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. ފިލްމު ޑައިރެކްޓް ކުރަނީ މަހޭޝްއެވެ.