ސަލްމާން ޚާން އަދި އާލިޔާ ބަޓް ލީޑް ރޯލުން ފެނިގެން ދާނެ ފިލްމު އިންޝާﷲގެ ރިލީސް ކުރާ ތާރީހު ފަސްކޮށްފިއެވެ.
އަންނަ އަހަރު އީދުގައި ރިލީސްކުރަން ހަމަޖެހިފައި އޮތް މި ފިލްމު ރިލީސްކުރާ ތާރީހު ފަސްކުރިކަން ސަލްމާން ވަނީ ޓުވިޓަރުގައި ހިއްސާކޮށްފައެވެ. ފިލްމު ރިލީސްކުރުން ފަސް ކުރީ ކީއްވެ ކަމެއް އޭނާ ނުބުނެއެވެ،
ސަލްމާންގެ ޓުވީޓުގައި ބުނެފައިވާ ގޮތުގައި އިންޝާﷲ ރިލީސްކުރާ ތާރީހު ފަސްވި ނަމަވެސް ފޭނުންނަށް އޭނާ އީދުގައި ފެންނާނެ އެވެ. އެހެންކަމުން އޭގެން ދޭހަ ކޮށްދެނީ ސަލްމާންގެ އެހެން ފިލްމެއް ރިލީސްކުރުން ކަމަށް ބެލެވެއެވެ.
މިދުވަސްވަރު ސަލްމާން މަސައްކަތް ކުރަމުން އަންނަނީ މަގުބޫލު ފިލްމު ސީރީޒް ޑަބަންގްގެ ތިންވަނަ ބައިގެ ޝޫޓިންތަކުގައެވެ. ޑަބަންގް ރިލީސްކުރަނީ މިއަހަރުގެ ޑިސެމްބަރުގައެވެ.