އެމްއާރްއެމް

އެމްއާރުއެމްއިން ޑްރާފްޓުކޮށްގެން މަޖިލީހަށް އެއްވެސް ބިލެއް ހުށަހެއް ނާޅަން: އަލީމު

ޝަހީދާ އަބްދުﷲ ސައީދު

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ފަރާތުން ޑްރާފްޓްކޮށްގެން ރައްޔިތުންގެ މަޖިލީހަށް އެއްވެސް ބިލެއް ހުށަހަޅާފައި ނުވާނެ ކަމަށް އެމްއާރުއެމްގެ އިސް ބޭފުޅެއް ކަމަށްވާ އަބްދުލްއަލީމު ވިދާޅުވެއްޖެއެވެ.

އަލީމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްއާރުއެމްއިން ޑްރާފްޓުކޮށްގެން ރައީސް ސޯލިހުއަށް ވެސް އަދި މަޖިލީހަށްވެސް ބިލެއް ފޮނުވާފައި ނުވާނެ ކަމަށެވެ. ބިލުގައި މައްސަލައެއް އުޅޭނަމަ އިސްލާހުކޮށް ރަނގަޅު ކުރުމުގެ ބާރު މަޖިލީހަށް އެބައޮތް ކަމަށް އަލީމު ވިދާޅުވިއެވެ. އެހެންކަމުން ދެން ތަކުލީފަކަށް ވާންވީ ކޮން ގޮތަކުންތޯ އަލީމު ސުވާލު އުފެއްދެވިއެވެ.

އަލީމު މިފަދައިން ޓުވީޓު ކުރެއްވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން، މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ދިރާސާ ކުރަމުން އަންނަ، މަސްވެރިކަމުގެ ބިލަކީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ "އެމްއާރުއެމް"ގެ ވިސްނުމުގެ ބިލެއްކަމުން އެ ބިލު ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށް، އިގުތިސާދީ ކޮމިޓީގެ ނާއިބު މުގައްރިރު، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވުމާއި ގުޅިގެންނެވެ.