އިބްރާހިމް ޒަކީ
ސަރުކާރުން، ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް މިއަދު ނިންމުމަށް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މައްސަލަ ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓާއެކު ފިނޭންސް މިނިސްޓާރު މަޖިލީހަށް ފޮނުއްވި ސިޓީ މަޖިލީހުގެ އަމީން އާއްމު މަޖިލީހަށް އިއްވެވުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މި މައްސަލަ ފޮނުއްވަނީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީ އެކުވެގެން އެކުލަވާލާ ކޮމިޓީއަކަށް ކަމަށެވެ.
އަދި މިއަދު ހަތަރު ދަމުގައި މަސައްކަތް ކުރައްވައި ނިންމެވުމަށްފަހު، މާދަމާ ކޮމިޓީގެ ރިޕޯތް މަޖިލީހަށް ގެނަސް ދެއްވުމަށްވެސް މަޖިލީހުގެ ރައިސް ކޮމިޓީގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލިހަށް ފޮނުއްވި ސިޓީއާ ގުޅިގެން އެ ބަޖެޓް ބަލައިގަނެ، ބަޖެޓު މާދަމާ ރޭ މަޖިލިހުން ނިންމުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެހެންވެ، ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މިއަދު އެއްކޮށް ކުރިއަށް ގެންދެވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގަތެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ބަޖެޓަށް ބޭނުންވާ އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު މާދަމާ ރޭގެ ނިޔަލަށް އޮންނާނެ ކަމަށާއި ބޭނުންފުލުވަނީ ބަހެތްގެ ހުރިހާ ކަމެއް މާދަމާރެއަށް މަޖިލީހުން ނިންމަވައި ލެއްވުމަށް ކަމަށެވެ.
ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފައި މިވަނީ، ކޮންޓިންޖެންސީ އަށް ވުރެ ބޮޑު އަދަދެއް، އެކި މައްސަލަތަކުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ދައްކަން ޖެހިފައިވާ މައްސަލައިގައި ބަޖެޓުން ޖާގަ ހޯދުމަށެވެ.