ހައުސިން މިނިސްޓްރީ

މަގު ހެދީ ޖަންކްޝަންގެ މަތީގައި ފިލައެއް އަޅާފައި: މުއިއްޒު

އަހުމަދު ޖައިޝަން

1

މާލޭގައި އަލަށް ތާރު އެޅި މަގުތައް އަވަހަށް ނިންމުމަށްޓަކައި އެ ސަރަހައްދުގައި ހުރި ޖަންކްޝަން ބަންދުކޮށްފައި ވަނީ ވަގުތީގޮތުން ފިލާ އަޅައިގެން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަންކްޝަންގެ ލެވެލް އުސްކޮށް މަތިގަނޑު އަޅަން ހަވާލުކޮށްފައިވާ ކުންފުންޏަށް އެކަންތައް ކުރުމަށް އިތުރު ވަގުތު ބޭނުންވި ކަމަށެވެ. ނަމަވެސް މަގު ހުޅުވުން ލަސް ކުރެވެން ނެތުމުން އެ މަގުތައް ހުޅުވިއިރު ޖަންކްޝަންގެ މަތި ޖަހާފައިވަނީ ފިލާ ބޭނުންކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެގޮތަށް ހުރި ފިލާތައް މިހާރު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފިލާތައް ނެގުމަށްފަހު ޖަންކްޝަން، މަގާ ލެވެލް ކުރުމަށްފަހު މަތި އަޅަމުން ދާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ހުޅުމާލެއާއި މާލެ ގުޅުވާލުމަށް ސަރުކާރުން އެޅި ސިނަމާލޭ ބްރިޖު ހުޅުވުމުގެ ކުރީން މާލޭގައި ތާރު އެޅި މަގުތައް ނުވަތަ ރިންގް ރޯޑް ހުޅުވުމަށް ސަރުކާރުން އެއިރު ވަނީ ނިންމާފައެވެ. އަދި ބްރިޖު ހުޅުވުމުގެ ހަފްތާއެއް ކުރީން އެ މަގުގެ ތާރު އަޅައި ނިންމި އިރު ޕޭވްމެންޓުގެ މަސައްކަތް އެއިރު ނިމިފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟