ޕޮލިސް

ޕާކުކޮށްފައި އޮތް ޓެކްސީއަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޕާކުކޮށްފައި އޮތް ޓެކްސީއަކުން ވައްކަންކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ޕާކުކޮށްފައި އޮތް ޓެކްސީއަކުން ވައްކަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 34 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކުރީ ޓެކްސީގެ ފަހަތު ދޮރުގެ ބިއްލޫރިގަނޑު ނައްޓައިލައިގެން ވަދެ، ޓެކްސީތެރޭގައި އިންދައި މާލެތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް ފެނިގެން ރޭ 2:31 ގައި ކަމަށް ފުލުހުން ބުންޏެވެ.

އަދި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، ކަށިގަނޑަކާއި ކަޓަރެއް ފެނިފައިވާކަމަށާއި އެމައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.