އުފަންދުވަސް ފާހަގަ ކުރުމަށް ބަތަލާ ނޭހާ ދޫޕިއާ އާއިލާއާއެކު ރާއްޖެ އަތުވެއްޖެއެވެ.
ނޭހާ އާއި ފިރިމީހާ އަންގަދް ބޭދީ އަދި ދަރި މެހެރް ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެއާއިލާ ޗުއްޓީ ހޭދަކުރަމުން ގެންދަނީ ސެންޓާރާ ގްރޭންޑް މޯލްޑިވްސްގައެވެ.
ނޭހާ ގެ އުފަންދުވަހަކީ މިމަހުގެ 27އެވެ. މި ދަތުރަކީ އަންގަދް ނޭހާއަށް ދިން އުފަންދުވަހުގެ ހަދިޔާއެއް ކަމަށް ވެއެވެ.
ދަތުރާބެހޭގޮތުން މީޑިއާއަށް އަންގަދް ދިން އިންޓަވިއުއެއްގައި ބުނީ މިއަހަރު ނޭހާގެ އުފަންދުވަހަށް ރާއްޖެ އައުމަށް ނިންމީ އެމީހުންގެ ހަނީމޫނު ހޭދަކުރީވެސް ރާއްޖޭގައި ކަމަށް ވާތީއެވެ. އަދި މިދަތުރު ވާނީ ދަރިފުޅު މެހެރް ރާއްޖެ އަންނަ ފުރަތަމަ ދަތުރުކަމަށެވެ. އެހެން ކަމުން ހުރިހާ ގޮތަކުންވެސް މިދަތުރު ހާއްސަކަމަށް އަންގަދް ބުނިއެވެ.
ނޭހާ އަދި އަންގަދްވެސް ދަނީ ރާއްޖެ އައުމާއެކު ގިނަ ފޮޓޯތަކެއް އެމީހުންގެ މީސްމީޑިއާގައި ހިއްސާކުރަމުންނެވެ.