ބޮލީވުޑް

އަޔުޝްމަންއަށް އެކްޓަރ އޮފްދަ އިޔާ ލިބިއްޖެ

ފިލްމު އަންދާދުންގައި ދައްކާފައިވާ މޮޅު ހުނަރާއި އެކްޓުގެ ސަބަބުން ބަތަލު އަޔުޝްމަން ކުރާނާއަށް ވަނީ ބޮޑެތި ކާމިޔާބީތަކެއް ލިބިފައެވެ.

އެގޮތުން އިންޑިއާގެ ގައުމީ އިނާމުވެސް ވަނީ އެފިލްމުގައި އޭނާ އަދާކުރި ރޯލަށް ލިބިގެންގޮސްފައެވެ.

އަޔުޝްމަންގެ އެންމެ ފަހުން ރިލީސްކުރި ފިލްމު "އާޓިކަލް 15" އަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ، އެ ފިލްމަކީ ސޮސައިޓީގައި ދިމާވާ ކާސްޓް ޑިސްކްރިމިނޭޝަންއާ ގުޅޭގޮތުން ހަދާފައިވާ ފިލްމެކެވެ.

މިއަހަރު އަޔުޝްމަންއަށް ލިބެމުން އަންނަ ކުރިއެރުމާއި ކާމިޔާބީއަށް އަނެއްކާވެސް އިތުރުވީ ޓައިމްސް ޕަވާ މެންގެ ފަރާތުން ދިން އެކްޓަރ އޮފް ދަ އިޔާގެ އެވޯޑުވެސް އޭނައަށް ލިބިމުންނެވެ. އަޔުޝްމަން ވަނީ ލިބުނު ކާމިޔާބީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ. 

އަޔުޝްމަން ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ޑްރީމް ގާލް" އިންނެވެ. އެ ފިލްމު ރިލީސްކުރަނީ 13 ސެޕްޓެމްބަރުގައެވެ.