ވިޔަފާރި

ސެމްސަންގް ގެލެކްސީ ނޯޓް 10 އަދި ނޯޓް 10+ ޕްރީ އޯޑާކުރުމަށް އުރީދޫއިން ހުޅުވާލައިފި

މަރިޔަމް ޝަހުދާ

ސެމްސަންގް ގެލެކްސީ ނޯޓް 10 އަދި ނޯޓް 10+ ޕްރީ އޯޑާކުރުމަށް އުރީދޫއިން ހުޅުވާލައިފި އެވެ.

ސެމްސަންގްގެ އެންމެ ފަހުގެ މި ދެ މޮޑަލްގެ ފޯނު ޕްރޯ އޯޑާ ކުރުމައް އުރީދޫ އިން ހުޅުވަލާފައިވަނީ އިއްޔެއެވެ. މި ދެ ފޯނު ޕްރީ އޯޑާކުރުމަށް އުރީދޫއިން އިންސްޓޯލްމަންޓްކޮށް ކޮންމެ މަހަކު ކުޑަ އަގެއް ދައްކައިގެން މިފޯނު ނެގޭ ޕެކޭޖެއް ވަނީ ތައާރަފްކޮށްފައެވެ. އެގޮތުން އުރީދޫގެ "ޕޯސްޓްޕެއިޑު 200" އިން މަތީގެ ޕެކޭޖުތަކަށް މަހަކު 1110 ރުފިޔާ ދައްކާގޮތަށް 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖު އުރީދޫއިން ވަނީ ތައާރަފްކޮށްފައެވެ. މި ޕެކޭޖް ނަގާ ކަސްޓަމަރުން ޑައުންޕޭމަންޓުގެ ގޮތުގައި 2999 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އުރީދޫ އިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން އުރީދޫގެ އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން 256 ޖީބީގެ ގެލެކްސީ ނޯޓް 10 މަހަކު 1110 ދައްކާގޮތަށް އަދި 256 ޖީބީގެ ނޯޓް 10+ މަހަކު 1316.67 ރުފިޔާ ދައްކާގޮތަށް ނެގޭނެ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ. އަދި ފުލް ޕޭމަންޓް މެދުވެރިކޮށް ގެލެކްސީ ނޯޓް 10ގެ ފޯނު 15،899 ރުފިޔާއަށް އަދި ގެލެކްސީ ނޯޓް 10+ 18399 ރުފިޔާއަށް ލިބޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ. އުރީދޫގެ ފުލް ޕޭމަންޓް ޕްލޭންގެ ދަށުން ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ފޯނު ގަނެވޭނެއެވެ.

އުރީދޫ އިން މައުލޫމާތު ދިން ގޮތުގައި މި ދެ ޕެކޭޖަށް ފޯނު ގަންނަ ފަރާތްތަކަށް އެއް އަހަރުވަންދެން މަހަކު އެއް ޖީބީ ޑޭޓާ ލިބޭނެއެވެ.

ސެމްސަންގް ކުންފުނިން ސެމްސަންގް ގެލެކްސީ ނޯޓް 10 އަދި ނޯޓް 10+ އަކީ ސްމާޓްފޯނު ޓެކްނޮލޮޖީއަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ފޯނުތަކެއް ކަމަށް މީގެ ކުރިން އެކުންފުނީގެ ފްލެގްޝިޕް ފޯނު ގެލެކްސީ އެސް 10 ލޯންޗްކުރި އިރު ވަނީ ބުނެފައެވެ. މި ފޯނު އޮންލައިންކޮށް އުރީދޫ ވެބްސައިޓުން ޕްރީ އޯޑާ ކުރެވެއެވެ.