ބޮލީވުޑް

ކަރީނާގެ ގެ ފަރާތުން ފޭނުންނަށް ފިޓްނަސްގޯލްސް

ސުޕާ ސްޓާރު ކަރީނާ އަކީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ވަރަށް މަސައްކަތް ކުރާ އެއް ބަތަލާއެވެ. ކަރީނާ ވަނީ ބޮލީވުޑްގެ ފުރަތަމަ ސައިޒް ޒީރޯގެ މަގާމުވެސް މީގެ ކުރިން ހޯދާފައެވެ. ކަރީނާ މިވަނީ އޭނާގެ ވޯޯކްއައުޓް ދައްކަލައި ގިނަ ބަޔަކަށް ފިޓްނަސް ގޯލްސް ދީފައެވެ.

ޝާހު އަދި ގޯރީ ގޭގައި އޮތް ޕްރީ ދިވާލީ ހަފްލާ އަށް ކަރީނާ ލާފައި ހުރި ޓްރެޑިޝިނަލް އެޓަރާ ގެ ސަބަބުން ގިނަ ބަޔަކު ވަނީ އޭނާ އަށް ތައުރީފުކޮށްފައެވެ. އޭގެ އަނެއް ދުވަހު ހެނދުނު ހެނދުނާ ކަރީނާ ފެނުނީ ކަސްރަތު ކުރަންގޮސް ހުއްޓައެވެ.

ކަރީނާގެ ޓްރެއިނާ ނަމްރަތާ ޕުރޯހިތް ޕޯސްޓް ކުރި ވީޑިއޯގައި ފެންނަ ގޮތުގައި ކަރީނާ ހުރީ ޕިލޭޓްސް ހަދަންށެވެ. ކުޅޭ ފިލްމް ތަކަށްވެސް ދޭ ޑެޑިކޭޝަން ކަރީނާ ކަސްރަތަށް ދޭކަމުގެ ވެސް ހެއްކެއްގެ ގޮތުގައި މީހުން ވަނީ އެކަން ފާހަގަކޮށްފަ އެވެ.

ވީޑިއޯގެ ކެޕްޝަނުގައި ވަނީ އެއީ ދިވާލީ އައުމުގެ ކުރިން ރަނގަޅަށް ކަސްރަތު ކޮށްލެވޭތޯ ބަލަނީކަމަށެވެ. އަދި ބުނެފައި ވަނީ ކޮންމެ ގޮތަކަށް ފީލް ވިއަސް، ޝޯއަޕްކޮށް ގިވްއަޕް ނުކުރުމަށެވެ. ބޮޑަށް ބެލެވެނީ އެ ވީޑިއޯއަކީ ކަރީނާގެ ފޭނުންނަށް މޯޓިވޭޝަނެއްގެ ގޮތުގައި ލާފައިވާ ވީޑިއޯއެއް ކަމަށެވެ.

ޓައިމުރް ލިބުނު ފަހުން ކަރީނާ ވަނީ މަންމައެއްގެ ރޯލު މޮޑެލެއްގެ ގޮތުގައިވެސް މީހުން ބަލަން ފަށާފައެވެ. އަދި މިހާރު ފިޓްނަސް ގޯލްސްވެސް ދެވުނީއެވެ. ކަރީނާ އާއި އެކީ ފިލްމް ބޭވަފާގައި ހަރަކާތްތެރިވި ކޯސްޓާ ޝުޝްމިތާ ސެން އަކީވެސް ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާގައި ކަސްރަތު ވީޑިއޯ ޕޯސްޓްކުރާ ތަރިއެކެވެ.

ކަރީނާ މިހާރު ދަނީ އަކެޝޭ ކުމާރު އާއި އެކީ ކުޅޭ ފިލްމް "ގުޑް ނިއުސް" ގެ މަސައްކަތް ކުރަމުންނެވެ.