އިބްރާހިމް ޒަކީ
އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތުގެ ކުންފުނިތަކުންނާއި، އެމްއެމްޕީއާރުސީ އަށްލިބޭ ޗެކްތައް ޕްރައިވެޓް ކުންފުނިތަކަށް ޖަމާކޮށްގެން، އެ ފައިސާ މާރުކޮށްގެން ރައީސް ޔާމީނާ ހަވާލު ކުރައްވާފައި ހުންނާނެ ކަމަށާއި އެފައިސާ ރައީސް ޔާމީން ވިދާޅުވެގެން އެކި ތަންތަނަށް ގެންގޮސް ދެއްވާފައި ހުންނާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުﷲއާ ދެކޮޅަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރު އެކިބަސް ދެއްވައިފިއެވެ.
މިއަދުގެ ޝަރީއަރުގެ މަޖިލީހުގައި ދިފާއުވެވަޑައިގެންނެވުމަށް، ރައީސް ޔާމީން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްްވަމުން އަދީބު ވިދާޅުވީ، އެސްއޯއެފަށް ވެސް އެމްއެމްޕީއާރްސީގެ ފައިސާ ޖަމާކުރީ ޔާމީން އަންގަވައިގެން ކަމަށެވެ
އަދި އެ ހުރިހާ ކަމެއް ކުރަނީ ރައީސް ޔާމީން އަންގަވައިގެން ކަމަށާއި ގާނޫނާ ހިލާފަށްވެސް އެކަންތައް ކުރައްވާފައިވާނެ ކަމަށް އަދީބު އެއްބަސްވެ ވަޑައިގެންނެވިއެވެ.
އަދީބު ވިދާޅުވީ، މައްސަލައާބެހޭގޮތުން ޝަރީއަތުގެ މަޖިލީހުގައި އެއްވެސްކަމެއް ފޮރުވާފައި ބާއްވަން ބޭނުންނުވާ ކަމަށެވެ. އަދި ފައިސާއާބެހޭ ކަންކަން ރައީސް ޔާމީން ވިދާޅުވެގެން ކުރައްވާފައިވަނީ ގާނޫނާ ހިލާފަކަމަށް ވިދާޅުވެ ދެއްވާ ހެކިބަހުގެ ސަބަބުން އިތުރު ދައުވާއެއް އައި ނަމަވެސް އެކަމާބެހޭ ހަގީގަތްތައް ހާމަކޮށްދެއްވާނެ ކަމަށެވެ.
އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި މީހުންނަކީ އަދީބާ ގުޅުން އޮންނަފަދައިން ރައީސް ޔާމީންގެވެސް ޔާމީންގެ ވެސް އެކުވެރިން ކަމަށެވެ.
އަދި އެމީންނަކީ، ރައީސް ޔާމީނާ ގުޅުން އޮންނަ އެމަނިކުފާނާ މުއާމަލާތްކުރި ބައެއްކަން އޭނާގެ ފޯނުގެ މެސެޖުތަކުންނާއި ފުލުސް އޮފީހުގައި ހުރި ހެކިތަކުން އެނގޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މީހުންނަކީ ފައިސާ ހިފައިގެން ޔާމީންގެ ގެޔަށް ވެސް ދިޔަ މީހުން ކަމަށް އަދީބު ވިދާޅުވިއެވެ.
އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ އެކައުންޓްތަކަށް ޖަމާކޮށް ނަގައި، އަދި އެ ފައިސާ ރައީސް ޔާމީނަށް ވެސް ދެއްވާފައިވަނީ ސީދާ އެމަނިކުފާުގެ އެންގެވުމަށް ކަމަށެވެ.