ރައްޔިތުންގެ މަޖިލިސް

އިދިކޮޅު މެންބަރުންނާ މެދު ރައީސް ނަޝީދު ކަންކަން ކުރައްވަނީ ވަރަށް ދީލަތިކޮށް: އާދަމް ޝަރީފް

ފަތޯނާ ފާއިޒު

2

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ އިދިކޮޅު މެމްބަރުންނަށް ވަރަށް ދީލަތި ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަންވެސް ކުރައްވަމުން އަންނަ އާދަމް ޝަރީފު ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދަށް ތައުރީފު ކުރެއްވިއެވެ.

”ހަގީގަތުގައި މަޖިލިސްގެ ރައީސް، އިދިކޮޅު ފަރާތްތަކަށް ހަމަ ވަރަށް ދީލަތި ކަމާއެކީގައި އެކަން އެބަ ކުރައްވާ. އަޅުގަނޑުމެންގެވެސް ފިކުރާ އެކީގައި، މިހާރު އިދިކޮޅު ފަރާތްތަކަށްވެސް، ކޮންމެ މެންބަރަކަށް ލިބިފައި އޮތް ވަގުތުވެސް އިތުރުވެފައި އެބައޮތް." އާދަމް ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ދިޔަ ކަމަށް ވިޔަސް، ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންގެ އަޑުތައް އިއްވުމުގެ ބަދަލުގައި އިދިކޮޅު ފަރާތްތަކާއި އަމިއްލަ ގޮތުން ވާދަ ކޮށްގެން ގޮނޑި ކާމިޔާބު ކުރެއްވި މެމްބަރުންނަށްވެސް ފުރުސަތު ދެއްވަމުން ގެންދަވާ ކަަމަށެވެ.

އާދަމް ޝަރީފު ވިދާޅުވީ އެމްޑީޕީގެ ގިނަ މެންބަރުންވެސް އިދިކޮޅު މެމްބަރުންނަށް ދޭންޖެހޭ އިހުތިރާމް ދޭ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟