ރާއްޖޭގެ އޮންލައިން ގްރޮސަރީސް ސުޕަމާކެޓް، އީޓް.އެމްވީ އިން ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޕީނަޓް ބަޓާ އެންޑް ކޯ. ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފިއެވެ.
މިއަހަރު ޖެނުއަރީގައި ލޯންޗުކުރި އީޓް.އެމްވީ އަކީ ލަނިއަކިއާ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އުފައްދާފައިވާ އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމަށް މުޅިން އަލަށް ތައާރަފް ކުރެވުނު ޕީނަޓް ބަޓާ އެންޑް ކޯ. އަކީ ތަފާތު އެކި ވައްތަރުގެ ''ނަޓް ބަޓާ ސްޕްރެޑް'' ހިމެނޭ ބްރޭންޑެކެވެ.
އީޓް.އެމްވީ އިން ރާއްޖޭގެ މާކެޓަށް އަލަށް ތައާރަފް ކޮށްފައިވަނީ ޕީނަޓް ބަޓާ އެންޑް ކޯ. ބްރޭންޑުގެ ފްލޭވާޑް ޕީނަޓް ބަޓާ، ނޯ ޝުގާ އެޑެޑް ޕީނަޓް ބަޓާ އަދި ބެޓާ ފޯ ޔޫ ޗޮކްލެޓް ހޭޒަލް ނަޓްގެ ބާވަތްތަކެވެ. މި ތިން ވައްތަރުގެ ދަށުން ޕީނަޓް ބަޓާ އެންޑް ކޯ.ގެ އެކި ފްލޭވާތައް އީޓް.އެމްވީގެ ފަރާތުން ވަނީ މާކެޓަށް ނެރެފައެވެ. އެއީ:
- ފްލޭވާޑް ޕީނަޓް ބަޓާގެ: ޑާކް ޗޮކްލެޓީ ޑްރީމްސް، ވައިޓް ޗޮކްލަޓީ ވޮންޑަފުލް، ދަ ބީސް ނީސް، މައިޓީ މެޕަލް އަދި ސިނަމަން ރެއިޒިން ސްވާލް
- ނޯ ޝުގާ އެޑެޑް ޕީނަޓް ބަޓާގެ: ސިމްޕްލީ ސްމޫތް އަދި ސިމްޕްލީ ކްރަންޗީ
- ބެޓާ ފޯ ޔޫ ޗޮކްލެޓް ހޭޒަލްނަޓްގެ: މިލްކް ޗޮކްލޭޓް އަދި ޑާކް ޗޮކްލެޓް
މުޅިން ވެސް ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކޮށްގެން އުފައްދާައިވާ ޕީނަޓް ބޭނުން ކޮށްގެން ޕީނަޓްގެ އެކި ވައްތަރުތައް ތައްޔާރުކުރާ ޕީނަޓް ބަޓާ އެންޑް ކޯ. ބްރޭންޑަކީ 100 އިންސައްތަ ވީގަން ބާވަތެކެވެ.
މި ބްރޭންޑުގެ ހުރިހާ ބާވަތެއް ރާއްޖެއިން ލިބެން ހުންނާނީ ހަމައެކަނި އީޓް.އެމްވީ އިންނެވެ. އޮންލައިންކޮށް ވިޔަފާރި ކޮށްލެވޭ މި ޕްލެޓްފޯމުން ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހަކު އޯޑަރުތައް ޑެލިވަރީ ކޮށްދެއެވެ.