ގޯލްޑަން ފުޓްސަލް ޗެލެންޖް

66 ޓީމާއެކު އަންނަ މަހުގެ 15ގައި ގޯލްޑަން ފުޓްސަލް ޗެލެންޖް ފަށަނީ

އަލީ ރިފްޝާން

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް، އަންނަ މަހުގެ 15 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިއަހަރު 66 ޓީމެއް ވާދަކުރެއެވެ.

އެ މުބާރާތުގެ ފުރަތަމަ ބުރަކީ އަތޮޅުތަކުގެ މެދުގައި ބާއްވާ ބުރެވެ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދާ ޓީމުތަކަށް ޒޯން ބުރުން ޖާގައެއް ލިބޭ އިރު، ފައިނަލް ބުރުގައި ވާދަކުރާނީ ޒޯން ޗެމްޕިއަނުންނާއި ރަނަރަޕް ޓީމުތަކެވެ.

ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވަނީ 65،000 ރުފިޔާއެވެ. އަދި ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ލ. ގަމުގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައި، ޗެމްޕިއަންކަން ހޯދީ މާފަންނު ޓީމެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކޮށްފައިވަނީ 55 ޓީމެވެ.

މިއަހަރުގެ މުބާރާތުގައި ފުވައްމުލަކުގެ ޓީމެއް ބައިވެރިވެފައެއް ނުވެއެވެ. ޅ. އަތޮޅުންނާއި ދ. އަތޮޅު އަދި ތ. އަތޮޅުން އެންމެ ޓީމެއް ބައިވެރިވެފައިވުމުން، އެޓީމުތައް ވާދަކުރާނީ ޒޯން ބުރުން ފެށިގެންނެވެ. އެއީ ހިންނަވަރު، ކުޑަހުވަދޫ އަދި ތިމަރަފުއްޓެވެ.

މިއީ މެދުކެނޑުމެއްނެތި އެ މުބާރާތް ބާއްވާ ފަސްވަނަ އަހަރެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2019:

ޒޯން 1

  • ހއ. އަތޮޅު – އިހަވަންދޫ، ވަށަފަރު، ތުރާކުރުނު، ކެލާ، މާރަންދޫ.
  • ހދ. އަތޮޅު – ކުޅުއްދުއްފުށި، ކުމުންދޫ، ނެއްލައިދޫ، ނާވައިދޫ، ނޮޅިވަރަންފަރު، ނޭކުރެންދޫ، މަކުނުދޫ.
  • ށ. އަތޮޅު – ބިލެއްފަހި، މަރޮށި، ފީވަށް، ގޮއިދޫ.

ޒޯން 2

  • ނ. އަތޮޅު – ހޮޅުދޫ، މާފަރު.
  • ރ. އަތޮޅު – އަލިފުށި، މާކުރަތު، އިނގުރައިދޫ، ދުވާފަރު.
  • ބ. އަތޮޅު – އޭދަފުށި، ހިތާދޫ، ތުޅާދޫ.

ޒޯން 3

  • ޅ. އަތޮޅު – ހިންނަވަރު.
  • ކ. އަތޮޅު – ގާފަރު، ކާށިދޫ، މާފުށި، ގުރައިދޫ.
  • އއ. އަތޮޅު – ބޮޑުފުޅަދޫ، ފެރިދޫ، މަތިވެރި.

ޒޯން 4

  • އދ. އަތޮޅު – ކުނބުރުދޫ، އޮމަދޫ، ދަނގެތި.
  • މ. އަތޮޅު – މުލި، މުލަކު، ކޮޅުފުށި، މަޑުއްވަރީ، ދިއްގަރު، ނާލާފުށި.

ޒޯން 5

  • ފ. އަތޮޅު – ނިލަންދޫ، ބިލެއްދޫ.
  • ދ. އަތޮޅު – ކުޑަހުވަދޫ.
  • ތ. އަތޮޅު – ތިމަރަފުށި.

ޒޯން 6

  • ލ. އަތޮޅު – ގަން، އިސްދޫ، މާމެންދޫ، ދަނބިދޫ.
  • ގއ. އަތޮޅު – ދާންދޫ، ގެމަނަފުށި، ކޮލަމާފުށި، ކޮނޑޭ، ނިލަންދޫ، ކަނޑުހުޅުދޫ، ވިލިނގިލި.
  • ގދ. އަތޮޅު – ތިނަދޫ، މަޑަވެލި، ވާދޫ، ގައްދޫ.

ޒޯން 7

އައްޑޫ ސިޓީ – ފޭދޫ، މަރަދޫ.

ޒޯން 8

މާލޭ ސިޓީ – މާފަންނު، ހެންވޭރު، ވިލިމާލެ، ހުޅުމާލެ.