ހަތަރު ރަށެއްގެ ބަނދަރު ތަރައްގީކޮށް، އަޕް ގްރޭޑު ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ޑިޒައިން އެންޑް ބިޑް އުސޫލުން ށ. ބިލެއްފައްސާއި ށ. ޅައިމަގާއި ލ. އިސްދޫ އަދި ގއ. މާމެންދުގެ ބަނދަރުގެ ބައެއް މަސައްކަތްތައް ކޮށްދޭން ބޭނުންވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.
ބީލަމަށް ހުޅުވުން އޮންނާނީ އަންނަ ސެޕްޓެމްބަރު 12 ވަނަ ދުވަހު 11:00 ގައި ފިނޭންސް މިނިސްޓްރީގައެވެ.
ކޮންމެ ބީލަމެއްގައިވެސް ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފީގެ ގޮތުގައި 1500 ރުފިޔާ ދައްކަން ޖެހޭނެ ކަމަށާއި ރެޖިސްޓްރީ ވުމުގެ އެންމެ ފަހު ތާރީހަކީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަސް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.
މި މަޝްރޫއުތައް ކުރިއަށްގެންދަން ނިންމާފައިވަނީ ޕްލޭނިންގ މިނިސްޓްރީގެ ދަށުންނެވެ.