ޕޮލިސް

ބިދޭސީ އަންހެނެއްގެ އަތުން ފައިސާތަކެއް ފޭރުނު ޒުވާނަކު ހައްޔަރުކޮށްފި

ބިދޭސީ އަންހެނެއްގެ އަތުން ފައިސާތަކެއް ފޭރުނު ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ، މިރޭ 7:26 އެހާކަންހާއިރު ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހިފަހައްޓާފައިވަނީ ފޭރިގެން ދަނިކޮށް މަޖީދީމަގު، ލަގްޒަރީ ފިހާރަ ކައިރިން، އެވަގުތު އެ ސަރަހައްދުގައި ހުރި އޮފް-ޑިއުޓީ ފުލުހެކެވެ.

ފުލުހުން ބުނީ، ބިދޭސީ އަންހެން މީހާގެ އަތުން ފޭރުނު ފައިސާ، މިހާރު އޭނާއާ ހަވާލުކޮށް، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ހާއްސަކޮށް ފުރަ މާލޭގައި، މިފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ ހާދިސާތައް ރިޕޯޓް ކުރާ މިންވަރު ވަނީ އިތުރުވެފައެވެ.