ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ސިޔާސީ މަސައްކަތަށް ޑރ. ޝަހީމް މިމަހު ނުކުމެވަޑައިގަންނަވަނީ

2

އިސްލާމީ ދައުވަތާއި، ސިޔާސީ މަސައްކަތަށް މިމަހުގެ މެދުތެރޭގައި ނުކުމެ ވަޑައިގަންނަވާނެ ކަން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމުގެ ފޭސްބުކު ޕޭޖުގައި ވިދާޅުވެފައި ވަނީ އިންތިޚާބަށް ފަހު، ހަމަ ހިމޭންކަން ޚިޔާރު ކުރެއްވީ ގައުމީ ސުލްހައަށް ޖާގަ ދިނުމަށް ކަމަށެވެ. އެއީ އެއް ގޮތަކަށްވެސް މައިދާނާ ދުރަށް ވަޑައިގަތުމަށް ނޫން ކަމަށާއި، މިމަހުގެ މެދު ތެރޭގައި އިސްލާމީ ދައުވަތާއި، ސިޔާސީ މަސައްކަތަށް ހުސްވެ ވަޑައިގަންނަވާނެ ކަމަށް ޑރ. ޝަހީމު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އަޒުމް ނުގުޑާނެ ކަމަށް ވިދާޅުވެ، ހުރިހާ ފަރާތްތަކެއްގެ ހެޔޮ ދުއާއަށް ޑރ. ޝަހީމް އެދިވަޑައިގެންފައި ވެއެވެ.

ޑރ. ޝަހީމް ބޮޑަށް މަޝްހޫރުވެފައިވަނީ ދީނީ ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ އިންތިޚާބީ ބައިވެރިޔާގެ ގޮތުގައި ޑރ. ޝަހީމު ނުކުމެ ވަޑައިގެން އެމަނިކުފާނު ވަނީ ޕީޕީއެމްގެ އިސް ބޭފުޅުންނާއި ގުޅިވަޑައިގެން ސިޔާސީ ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟