ބޮލީވުޑް

އަނުޝްކާ އާއި ކެޓްރީނާގެ މި ފޮޓޯ: ބަދަހި ފްރެންޑްޝިޕެއްގެ ފެށުން؟

އާންމު ގޮތެއްގައި ބޮލީވުޑްގައި ބަތަލާއިންނަކީ އެހާ ރައްޓެހި ބައެއްނޫނެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ދެ ބަތަލާއިން ރައްޓެހިކަމުގެ ގުޅުން ދެމެހެއްޓުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ފިލްމް ޒީރޯ ގައި ޝާހު އާ އެކު ބަތަލާއިންގެ ބައިން ފެނިގެންދާ އަނުޝްކާ އާއި ކެޓްރީނާ މިވަނީ ރައްޓެހިކަން ބޭއްވޭކަން ދައްކާލައިފައެވެ.

ފިލްމް ޒީރޯގެ ޕްރޮމޯޝަންތައް މިހާރު ކުރިއަށް ދާއިރު ނޮވެމްބަރު ދޭއްގައި ވަނީ ފިލްމްގެ ޓްރެއިލާ ހާއްސަ ސްކްރީނިންއަކާއެކީ ލޯންޗުކޮށްފައެވެ. އެ ހަފްލާގައި ޝާހު އާ އެކު ކެޓްރީނާ އާއި އަނުޝްކާ ވެސް ބައިވެރިވިއެވެ.

ހަފްލާއަށްފަހު އަނުޝްކާ ވަނީ ކެޓްރީނާ އާ އެކު ނަގާފައިވާ ފޮޓޯ އެއް އޭނާގެ އިންސްޓަގްރާމުގައި ޕޯސްޓް ކޮށްފައެވެ. އެ ފޮޓޯ ގައި ފެންނަނީ ދެ ތަރިން އެކީގައި އުފާވެރި ވެގުތުކޮޅެއް ހިއްސާކޮށްލާތަނެވެ. ފޮޓޯގެ ކެޕްޝަން އަކަށް އޮތީ "ލާފް އެންޑް ޝައިން" އެވެ. މިއީ އެދެތަރީންގެ މެދުގައި އޮތް ބަދަހި ގުޅުން ދައްކައިލަން ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށް މީޑިއާ ތަކުން ރިޕޯޓްކުރެއެވެ.