މަރުގެ މައްސަލަތައް

މަރުވެފައި އޮއްވާ ފެނުނީ ފުޓުބޯޅަ ކުޅުންތެރިޔާ ރިޒްވާން

އާނިފާ ހުސެއިން ސިރާޖް

މިއަދު ހެނދުނު މައްޗަންގޯޅި ކުދިރަތްމާ ގޯޅީގައި ހުރި ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އިބްރާހިމް ރިޒުވާން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ފޭސްބުކް އަދި ޓުވިޓާގައި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ރިޒްވާންގެ މަރުގެ ހަބަރު ހިއްސާ ކުރަމުންނެވެ.

ނަމަވެސް، މަރުވީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މަރުވެފައިވާ މީހާގެ ހަށިގަނޑު އެމްބިއުލާންސްގައި އައިޖީއެމްއެޗަށް ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 6:25 ހާއިރުކަމަށެވެ. މަރުގެ ސަބަބެއް ފުލުހުން އަދި ހާމަކޮށްފައިނުވާއިރު އެމީހާގެ މަރާ ގުޅޭގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.