ބޮލީވުޑްގެ ނަވާބް ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގް ގެ ދަރި ސާރާ އަލީ ޚާން ގެ ފުރަތަމަ ފިލްމް "ކެދަރްނާތް" ގައި އޭނާގެ ރޯލަށް ގިނަ ބަޔަކު ތައުރީފު ކުރަމުން އަންން އިރު އެކަމާ އެންމެ ބޮޑަށް އުފާވީ އޭނާގެ މަންމަ އަމްރިތާއެވެ.
އަމްރިތާ ވަނީ އޭނާގެ ދަރިފުޅަށް ލިބެމުން އަންނަ ތައުރީފާ ބެހޭ ގޮތުން މީޑިއާއަށް އިންޓަވިއު ދީފައެވެ. އަމްރީތާ ބުނީ ދަރިފުޅުގެ މަސައްކަތް ބަލައިގަނެ އޭނާގެ ރޯލާމެދު އެންމެން ހިތްހަމަޖެހުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް އަދި ފަހުރެއް ކަމަށެވެ. ސާރާ ދިރިއުޅުމުގައި އިތުރު ކާމިޔާބީ އާއި މަސައްކަތަށް އިތުރަށް ފޯކަސްކޮށް އެއަށް ކޮމިޓްވުމަށް އެދޭ ކަމަށް ވެސް އަމްރިތާ ވަނީ ބުނެފައެވެ.
އަމިރިތާ ވަނީ އޭނާ އަކީ ސާރާގެ މަންމަ ކަމަށް ރެކަގްނައިޒް ކުރާނެ ދުވަހަކަށް އިންތިޒާރު ކުރާ ކަމަށް ވެސް ބުނެފަ އެވެ. އަދި އިތުރަށް ބުނި ގޮތުގައި ވިހޭއިރުން ފެށިގެންވެސް ސާރާ އަކީ އެކްޓަރަކަށް ވާނެކަން އިނގޭ ކަަމަށެވެ. ކުޑައިރު ވެސް ލޯގަނޑު ކުރިމަތީ ސާރާ އެކްޓްކޮށް ހަދާ ކަމަށް އަމްރިތާ ބުންޏެވެ.