އަހްމަދު މަހްލޫފު

މަހުލޫފު ހައްޔަރު ކުރީ ގާނޫނާ ޚިލާފަށް ކަމަށް ހުކުމް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާ މެމްބަރު އަހުމަދު މަހްލޫފު ފުލުހުން ހައްޔަރުކުރީ ރަނގަޅަށް ކަމަށް ބުނެ ކްރިމިނިނަލް ކޯޓުން ކޮށްފައިވާ އަމުރު ބައިކޯޓުން ބާތިލުކޮށްފި އެވެ.

މަހްލޫފް ހައްޔަރުުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން ހުކުމްކުރީ އެ މައްސަލައިގައި އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު މަހްލޫފްގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ. ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ މަހްލޫފް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނާ ޚިލާފަށް ކަމަށެވެ.

22 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގެ ސަރަހައްދުން މަހުލޫފު ހައްޔަރުކުރީ އެ ސަރަހައްދުގައި ތިބި ބަޔަކަށް މާސްކް ބަހަމުން ދަނިކޮށެވެ. މާސްކް ބެހި މައްސަލައިގައި މަހުލޫފު ހައްޔަރު ކުރުމަށް ފަހު އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާވެސް ވަނީ އުފުލާފައެވެ. ނަމަވެސް މިއަދު ހައިކޯޓުން ކުރި ހުކުމުގެ ސަބަބުން އެދައުވާ އިން މަހްލޫފް ސަލާމަތް ވާނެއެވެ. އެމައްސަލައިގައި 43 ދުވަހު މަހުލޫފު ބަންދުގައި ބެހެއްޓިއެވެ.