ޝަހީދާ އަބްދުﷲ ސައީދު
އއ.ރަސްދޫއަށް މިހާރު ވަރަށް ބޮޑަށް އުދަ އަރަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ދާދި ދެންމެ ބުނީ، ރަސްދޫއަށް މިހާރު އުދަ އަރަމުންދާތީ ފެން ހިންދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.
އަދި އެކަމުން ރައްކާތެރިވުމަށްޓަކައި ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައި ވެއެވެ. އެގޮތުން ގޭގެއަށް ފެން ނުވަންނާނޭހެން ވެލި ބަސްތާ ޖެހުމަށް އިލްތިމާސްކޮށްފައި ވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށް މިއަދު ވަނީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވެސް ބުނެފައެވެ.
ވިއްސާރައިގައި ބައެއް ރަށްރަށުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ގެއްލުންވަަމުންދާކަމަށް މިއަދު ސިފައިން ވެސް ވަނީ ބުނެފައެވެ.
އެގޮތުން ޅ. ނައިފަރުގައި ބޯކޮށް ވަރޭ ވެހި ފެންބޮޑުވެ، ހަތަރު ގެއަކަށް ވަނީ ގެއްލުންވެފައެވެ. އަދި އެރަށުގައި ފެން ހިންދުމުގެ މަސައްކަތް ސިފައިންނާއި ކައުންސިލާއި ރައްޔިތުން ގުޅިގެން މިއަދު ކޮށްފައިވެއެވެ.