އިންޑިއާގެ ޗީޕް މިނިސްޓަރުގެ މަހާރާޝްތުރާ ފްލަޑް ރިލީޕް ފަންޑަށް 25 ލައްކަ ރުޕީސްގެ ޑޮނޭޝަނެއް ރިތޭޝް އަދި ޖެނެލިޔާގެ ފަރާތުން ހަދިޔާ ކުރުމުން މިނިސްޓަރު ޝުކުރު އަދާކޮށްފިއެވެ.
މިނިސްޓަރު ޝުކުރު އަދާކުރެއްވީ ރިތޭޝް އަދި ޖެނެލިޔާ އާއެކު ނަގާފައިވާ ފޮޓޯ އޭނާގެ ޓުވިޓަރުގައި ހިއްސާކުރަމުންނެވެ.
ރިތޭޝްވެސް ވަނީ އެ ޕޯސްޓް ރީޓުވީޓްކޮށް ވިއްސާރައިގައި ހާލުގައި ޖެހިފައިވާ މީހުނާމެދު ހަމްދަރުދީ ފާޅުކޮށްފައެވެ.
އިންޑިއާއަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 3.78 ލައްކަ މީހުން ވަނީ 432 ވަގުތީ ރިލީފް ކޭމްޕް ތަކަށް ބަދަލުކޮށްފައެވެ.