ޕޮލިސް

މާމެންދޫގައި ހުރި އެސްޓީއޯ ބޭސް ފިހާރައިން ވައްކަންކުރި މީހަކު ހައްޔަރުކޮށްފި

ގއ. މާމެންދޫގައި ހުރި އެސްޓީއޯ ބޭސް ފިހާރައިން ވައްކަންކުރި މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، މާމެންދޫގައި ހުރި ބޭސް ފިހާރައިގެ ދޮރު ހަލާކުކޮށްގެން ފިހާރައަށް ވަދެ، ލެޕްޓޮޕަކާއި ދިވެހި ފައިސާއާއި ބޭސްތަކެއް ވަގަށް ނަގާފައިވާކަމުގެ ރިޕޯޓް އިއްޔެ ހެނދުނު 9:15 ގައި ލިބިފައިވާކަމަށެވެ.

އެމައްސަލައިގައި ފުލުހުންނާއި މާމެންދޫ ކައުންސިލު ގުޅިގެން ކުރި މަސައްކަތުން ވަގަށް ނަގާފައިވާ ލެޕްޓޮޕް އިއްޔެ ހަވީރު 4:10 ހާއިރު ހޯދާފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.