ފިލްމު ބަތުލާ ހައުސްގައި ޖޯން އަބްރަހަމް ކުޅޭ ރޯލަށް ވަނުމަށް ޓަކައި އޭނާ ގިނަ މަސައްކަތެއް ކުރިއެވެ.
ފިލްމުގައި އޭނާ ކުޅެނީ 2008ގައި އިންޑިއާގައި ހިނގި ކޮންޓްރޮވާޝަލް އެންކައުންޓަރެއް ކަމުގައިވާ "ބަތުލާ ހައުސް" ގައި ބައިވެރިވި ފުލުސް އޮފިސަރު، ޑީސީޕީ ސަންޖީވް ކުމާރު ޔާދަވްގެ ރޯލެވެ. އޭރު ސަންޖީވް ހުރީ އޭސީޕީ ސްޕެޝަލް ސެލްގެ މަގާމުގައެވެ.
ޖޯން އަދި ފިލްމުގެ ޑައިރެކްޓަރު ނިކިލް އަދްވާނީ ވަނީ ސަންޖީވް އާއެކު ގިނަ ވަގުތު ހޭދަކޮށް އޭނާގެ ބޮޑީ ލެންގުއޭޖާއި އުޅުން ދަސްކޮށްފައެވެ.
އެގޮތުން އެއްފަހަރު ސަންޖީވްއާ ބައްދަލުވި ފަހަރަކު ނިކިލްއަށް ވަނީ އޭނާގެ ލައިބްރަރީން ހަތިމެއް ފެނިފައެވެ. އެކަމާ ނިކިލް ސުވާލު ކުރުމުން އެނގިގެން ގޮސްފައިވާ ގޮތުގައި އޭރު ސަންޖީވް މުއާމަލާތްކޮށް ވާހަކަދައްކަން ޖެހުނު މީހުންގެ ބަހުރުވަ ދަސްކުރުމުގެ ގޮތުން އޭނާ ޤުރުއާން ދަސްކުރި އެވެ. ޓެރަރިސްޓު ޖަމާއަތުގެ މީހުންގެ ބަހުރުވަ ފަސޭހައިން އެނގެން އޮތީ އޮގުތުން ކަމަށް ވާތީ އެވެ.
މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ޖޯން ބުނީ އޭނާވެސް ޤުރުއާން ކިޔެވިކަމަށެވެ. އަދި ބައެއް އާޔަތްތައް މިހާރު ދަސްވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. ޖޯން އިތުރަށް ބުނި ގޮތުގައި ސަންޖީވްގެ ރޯލަށް ވަނުމަށް އޭނާގެ ވިސްނުމާ އެއްގޮތަށް އަމަލު ކުރުން މުހިންމެވެ.
ބަތުލާ ހައުސް ރިލީސް ކުރަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.