ބޮލީވުޑްގެ މަގުބޫލު ތަރިން ކަމުގައިވާ އަނިލް ކަޕޫރާއި ސަލްމާން ޚާން އަންހެނަކާ ފްލާޓް ކުރާ އޯޑިއޯތަކެއް މީސް މީޑިއާގައި ލީކް ވެއްޖެއެވެ.
އޯޑިއޯގައި ސަލްމާން އަދި އަނިލް ވާހަކަ ދައްކަނީ ޕޫޖާ ނަކަމަށް ކިޔާ އަންހެނަކާއެވެ. ވާހަކަ ދައްކާ ގޮތުން އެމީހުންނަކީ ރައްޓެހިން ކަމުގައި ބެލެވެއެވެ.
އީޓައިމްސްގެ ޓުވިޓަރުގައި ޕޯސްޓުކޮށްފައިވާ އޯޑިއޯގައި އިވިގެން ދަނީ އަނިލް އާއި ޕޫޖާއާ ދެމެދު ދެކެވޭ ވާހަކައިގެ ބައެކެވެ. އޭގައި އަނިލް ވަނީ އޭނާ ކުޅޭ ފިލްމަކަށް އޭނާގެ ދަރިފުޅުގެ ބަޔަށް އެކްޓަރެއް ކާސްޓުކޮށްގެން އެކަމާ ނުރުހުން ފާޅުކޮށްފައެވެ. ޕޫޖާ ވަނީ އަނިލްއަށް ހިތްވަރުދޭ މޭރުމުން ވާހަކަދައްކައިފައެވެ.
އަނިލްގެ މަގުބޫލު ބަހެއް ކަމުގައިވާ "ޖަކާސް" ޕޫޖާ ކިޔާ ގޮތް އޭނާއަށް ކަމުގޮސްގެންވެސް އުޅެއެވެ. އަދި ބައްދަލުވާނީ ކޮން އިރަކުތޯ ވެސް އަނިލް ޕޫޖާ ގާތު އަހަ އެވެ.
ޕޫޖާއާ ސަލްމާންގެ އޯޑިއޯގައި ސަލްމާން ވަނީ އޭނާއަށް "ބާއި" (ބޭބެ) ނުކިޔުމަށް ޕޫޖާ ކައިރިން އެދިފައެވެ. އިންޑިއާގެ ގިނަ މީހުން ސަލްމާންއަށް މުހާތަބް ކުރަނީ ބާއި ގެ ނަމުންނެވެ.
މިހާރު ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލަކީ ޕޫޖާ އަކީ ކާކުތޯ ކަމެވެ.