އަލްހާ އީދު

އީދު އުފާ 2019

16 Aug 11:11
އަލީ ރިފްޝާން

ވ.ކެޔޮދޫގެ ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ ކޭޒެޑްޖޭ ކަޕްގެ ޗެމްޕިއަންކަން ކްލަބު ބްރޯކާސް ހޯދައިފި.

މިދިޔަ ބުދަ ދުވަހު ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ އެފްސީ މެގަ ކަޅު އަދި ކްލަބު ބްރޯކާސް. އެފްސީ މެގަ ކަޅު ފައިނަލުން ޖާގަ ހޯދީ އެންޖިއަންސާ ވާދަކޮށް 3-1ގެ ނަތީޖާއަކުން މޮޅުވެގެން. ކްލަބު ބްރޯކާސް ފައިނަލަށް ދަތުރުކުރީ އެންޖީ ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗް 3-2ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެން. އެހެންކަމުން ފައިނަލް މެޗު ވެގެންދިޔައީ ބަލައިލަން ޝައުގުވެރި އަދި ފޯރިގަދަ މެޗަކަށް. ފައިނަލް މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ކްލަބް ބްރޯކާސް.

ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ އެފްސީ މެގަ ކަޅުގެ މުހައްމަދު މިންހާޖް އާދަމް. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް އެފްސީ މެގަ ކަޅުގެ ލިތޯފް އަހްމަދު ފިރާގު ހޮވުނު އިރު، މުބަރާތުގެ ފެއާޕްލޭ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކްލަބު ބްރޯކާސްގެ އަހްމަދު ނަސީމް. ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކްލަބު ބްރޯކާސްގެ އަލީ ނަވާޒް. ފެއާޕްލޭ ޓީމަކަށް ހޮވުނީ މުބަރާތުގެ ޗެމްޕިއަންކަންވެސް ހޯދި ކްލަބު ބްރޯކާސް. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ގޮތުގައި ހޮވުނީ ކްލަބު ބްރޯކާސްގެ މޫސާ އަބްދުއްރަހުމާނާއި އެޓީމުގެ އަލީ ނަވާޒާއި އެންޖީ ސްޕޯޓްސްގެ ހުސައިން ޖިނާހާއި އެފްސީ މެގަ ކަޅުގެ މުހައްމަދު ތަސްނީމް އަދި އެޓީމުގެ ލިތޯފް އަހްމަދު ފިރާގު.

ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅުނު އެ މުބާރާތަކީ ވ.އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ މުބާރާތް. އެ މުބަރާތަކީ 2012 އިން ފެށިގެން ކޮންމެ އަހަރަކުވެސް އަޟްހާ އީދާ ދިމާކޮށް ބާއްވާ ކުޅިވަރުގެ ހަރަކާތެއް.

16 Aug 11:03

އަލްހާ އީދާ ދިމާކޮށް ށ. ކަނޑިތީމުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މަސް ރޭސް ފަށައިފި.

ބުރާސްފަތި ދުވަހު ފެށި އެ މަސްރޭހުގައި 100 އަށްވުރެ ގިނަ މަސްވެރިން ބައިވެރިވި. މަސްރޭހުގެ އިތުރުން އެ ރަށުގައި ބޮޑު ބާބަކިއުއަކާއި ގިނަ ހަރަކާތްތަކެއް ވެސް ބޭއްވި.

15 Aug 05:04
14 Aug 07:06

14 Aug 07:06

14 Aug 07:05

14 Aug 07:05

14 Aug 07:03

14 Aug 07:02

14 Aug 07:01

14 Aug 07:01

14 Aug 07:01

14 Aug 07:00

14 Aug 07:00

14 Aug 06:59

14 Aug 06:59

14 Aug 06:59

14 Aug 06:58

14 Aug 06:57

14 Aug 06:57

14 Aug 06:56

14 Aug 06:56

14 Aug 06:55

14 Aug 06:55

14 Aug 06:54

14 Aug 06:53

14 Aug 06:51

13 Aug 19:30

13 Aug 19:30

13 Aug 09:47

13 Aug 09:46

13 Aug 09:44

13 Aug 09:42

13 Aug 09:41

13 Aug 09:38

13 Aug 09:37

13 Aug 09:36

13 Aug 07:35

13 Aug 07:35

13 Aug 07:34

13 Aug 07:34

13 Aug 07:33

13 Aug 05:01

13 Aug 05:00

13 Aug 05:00

13 Aug 05:00

13 Aug 04:59

13 Aug 04:56

13 Aug 04:55

13 Aug 04:54

13 Aug 04:54

13 Aug 04:53

13 Aug 04:53

13 Aug 04:52

13 Aug 04:51

13 Aug 04:50

13 Aug 04:47

13 Aug 04:45

މިއަހަރުގެ އަލްހާ އީދު ފާހަގަ ކުރުމަށް ގިން ކަންތައްތަކެއް ޅ. ހިންނަވަރުގައި ވަނީ ކުރިއށް ގެންގޮސްފަ، ހިންނަވަރަކީ، މިއަހަރު ރަސްމީކޮށް އީދު ފާހަަގަ ކުރަން ހޯމް މިނިސްޓްރީން ކަނޑައެޅި ރަށެވެ.

12 Aug 20:59

12 Aug 20:59

12 Aug 20:54

12 Aug 20:53

12 Aug 17:58

12 Aug 17:56

12 Aug 17:54

ދ. މީދޫ އައުޓްޑޯގައި ރޭ ބާއްވަން ހަމަޖައްސާފައި އޮތް މިޔުޒިކް ޝޯ، މޫސުން ތަން ނުދިނުމުގެ ސަބަބުން ކުރިޔަށް ގެންދިޔައީ ސްކޫލު ހޯލުގައި. މި ޝޯގައި މަޝްހޫރު ފަންނާނުން ކަމަށްވާ ރަވީ އަދި ރިޝްމީ ބައިވެރިވެފައިވޭ.

12 Aug 17:48

12 Aug 17:47

12 Aug 17:45

12 Aug 17:44

ދ. ރިނބުދޫގައި އީދު އުފާ ފާހަގަކުރުމުގެ ގޮތުން ރޭ ކުރިޔަށް ގެންދާން ރާވާފައި ހުރި ހަރަކާތްތައް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފައި. ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސް. އީދުގައި ގިނަ ބަޔަކު އެއް ތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރާ އިރު މޫސުމަށް، ސަމާލުވުން މުހިންމު. މި ދުވަސްވަރު ކަނޑުދަތުރުކުރުން ރައްކާތެރި ނޫން ކަމަށް ފުލުހުން ރޭ ވަނީ ބުނެފައި.

12 Aug 08:40

12 Aug 08:40

12 Aug 08:37

12 Aug 08:34

12 Aug 08:33

12 Aug 08:32

12 Aug 08:32

12 Aug 08:27

12 Aug 03:47
12 Aug 03:44
12 Aug 03:42

ބޮޑު އީދު އުފާ ފާޅުކުރުމުގެ ގޮތުން ދ. މީދޫގައި ވެސް ގިނަ ހަރަކާތްތަކެއް ރާާފައިވޭ. އޭގެ ތެރޭގައި، ކުޑަކުދީންގެ ވާދެމުމާއި ފެންކުޅި އާއި އަންހެނުންގެ ވޮލީއާއީ ބަށްޓާއި އީދު ދަތުރު ދިޔުމާއި މަސް ރޭހާއި މަސްހުނި ރޭހާއި މޫދު ކުޅިވަރާއި މާލި ޕެރޭޑާއި ދަފިނެގުމާއި ބޮޑު ބެރު އަދި އީދު ޝޯ ހިމެނެ އެވެ. މީދޫގައި އީދު ކުޅިވަރު ފަށާފައި ވަނީ ރޭ އީދު ބޮޑު ހުޅު ރޯކުރުމާ އެކު އެވެ.

12 Aug 02:10

12 Aug 02:09

12 Aug 01:58

12 Aug 01:54

ބޮޑު އީދު ފާހަގަކުރުމަށް އެންމެ ގިނަ ހަރަކާތްތައް ރާވާފައިވާ އެއް ރަށަކީ ހއ. ހޯރަފުށި. ސަގާފީ ކުޅިވަރު ތަކާއި ޒަމާނީ ކުޅިވަރުތައް އެ ރަށުގައި މި އީދުގައި ކުރިޔަށް ގެންދަން ވަނީ ނިންމާފައި. ރަށުން ބޭރުން ގިނަ ބަޔަކު ވަނީ ހޯރަފުއްޓަށް އަރާފައި. އީދު ކުޅީވަރު ކުޅުމަށް ވެސް އެކި ގުރޫޕުތައް އަދި ފަންނާނުން ހޯރަފުއްޓަށް ވަނީ ގޮސްފައި. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ފަންނާނުން ގެންދަން ވަނީ ނިންމާފައި.

12 Aug 01:44

12 Aug 01:42
12 Aug 01:16
12 Aug 01:15

ރ. ދުވާފަރުގައި ވެސް މި ފަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް ގިނަ ކުޅިވަރުތަކެއް ވަނީ ރާވާފައި. އޭގެ ތެރޭގައި ހިމެނޭ ވާދެމުން މުބާރާތް މިއަދު ކުރިޔަށް ދިޔަ. މި މުބާރާތުގައި އަންހެން އަދި ފިރިހެން ޓީމުތައް ބައިވެރިވެފައިވޭ.

11 Aug 20:47
އަލީ ރިފްޝާން

ކޮންމެ އަހަރެއްގެ އަލްހާ އީދާ ދިމާކޮށް، ފ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ކޯލަ އައުނު ފުޓްސަލް ކަޕް ފަށައިފި.

ދަރަނބޫދޫ ޒުވާނުންގެ ކްލަބު (ޑީޒެޑްސީ) އިން އިންތިޒާމުކޮށްގެން ފ. ދަރަނބޫދޫގައި އިއްޔެ ފެށި ދިހަވަނަ ކޯލަ އައުނު ކަޕްގެ ފުރަތަމަ ދުވަހު ތިން މެޗެއް ކުޅުނު.

ކޯލަ އައުނު ކަޕްގައި ރޭ ކުޅުނު މެޗުތައް:

ކަނބުލޮ އެފްސީ 1-0 ގަޓް ސިޓީ [ގްރޫޕު އޭ]
ވެސްޓް ސިޓީ 2-12 ނިލަންދޫ ޔޫތު ޖެނެރޭޝަން [ގްރޫޕު ބީ]
އެސޯސިއޭޝަން ފޯރ ވެސްޓް ޔުނައިޓެޑް 9-1 އެފްސީ ސިއްސުވާލި [ގްރޫޕު ސީ]

އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ނިލަންދޫ ޔޫތު ޖެނެރޭޝަން (އެންވައިޖީ).

11 Aug 20:06
11 Aug 20:05
11 Aug 20:02

އީދު އުފާ ފާޅުކުރުމުގެ ގޮތުން މާއެނބުދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެ ރަށުގައި ފުޓުބޯޅަ އަދި ވޮލީ މުބާރާތެއް ކުރިޔަށް ގެންދަން ވަނީ ނިންމާފައި. ވޮލީ މުބާރާތުގައި އަންހެން ހަ ޓީމު އަދި ފިރިހެން ތިން ޓީމު ބައިވެރިވޭ. މީގެ އިތުރުން އެ ރަށު މުޑި ޖަމިއްޔާއިން އިންތިޒާމުކޮށްގެން އީދު ތެރޭގައި ބަށި މުބާރާތަކާއި މަސް ރޭހެއް ބާއްވަން ވަނީ ނިންމާފައި. މީގެ އިތުރުން ވެސް އެކި ކަހަލަ ކުޅިވަރުތައް މާއެނބޫދޫގައި ކުރިޔަށް ގެންދަން ވަނީ ނިންމާފައި. އެ ރަށުގައި ބާއްވާ ވޮލީ މުބާރާތުގައި ކުޅުމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރީން އަދި ރާއްޖޭން ބޭރުގެ ކުޅުންތެރީން ވަނީ އެ ރަށަށް ގެންގޮސްފައި.

11 Aug 19:52

ށ. ފުނަދޫގައި ވެސް އީދު ކުޅިވަރުތައް ވަނީ އިންތިޒާމުކޮށްފައި. އެ ގޮތުން ސަގާފީ ކުޅިވަރު ތަކާއި އެނޫން ވެސް ބައެއް ކުޅިވަރުތައް އެ ރަށުގައި ކުރިޔަށް ގެންދަން ވަނީ ނިންމާފައި. ހަރަކާތްތަކުގެ ތެރޭގައި ބޮޑުބެރާއި ދަފިނެގުން ހިމެނޭ

11 Aug 19:47

ހުޅުމާލޭގައި އީދު އުފާ ފާޅުކުރަން ފެށުމުގެ ގޮތުން އީދު ހުޅު ރޯކޮށްފައި. މި ހަރަކާތް ކުރިޔަށް ގެންގޮސްފައި އެ ރަށު އިރުމަތީ ފަރާތު ބީޗު ސަރަހައްދުގައި ރޭ އިރާކޮޅު. މި ހަރަކާތް ބަލަން ގިނަ އަދަދެއްގެ ރައްޔިތުން އެ ސަރަހައްދަށް ގޮސްފައިވޭ.

11 Aug 18:54

އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު މާލޭގައި ވަނީ އުލްހިޔާ ކަތިލަނީ. މި ހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ބަކަރި ބަހައްޓާފައި ހުރި އިރު، މީހުން ގޮސް އެދުމުން ބަކަރި ކަތިލައިދިނުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައި.

11 Aug 18:52

މިއަދު ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މޫސުން ގޯސް. މާލޭގައި ބޮޑު ޖަމާއަތުގައި ކުރާން އޮތް އީދު ނަމާދު ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފައި. އެހެން ނަމަވެސް ގިނަ އަދަދެއްގެ ބޮޑެތި މީހުންނާއި ކުޑަކުދީން މިސްކިތްތަކަށް ގޮސް އީދު ނަމާދުކޮށްފައިވޭ.

އަލްހާ އީދުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހަރަކާތްތަކުގެ ލައިވް ކަވަރޭޖަށް “ވަން”ގެ ކިޔުންތެރިންނަށް މަރުހަބާ!

އަހަރުގެ ތެރޭގައި އަންނަ ދެ އީދަކީ ވެސް މުސްލިމުންނަށް ވަރަށް ހާއްސަ ދެ އީދެވެ. އީދު ދުވަހަކީ މުސްލިމުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ދުވަހެވެ.

އީދާ ދިމާކޮށް ލިބޭ އީދު ބަންދަކީ ދިވެހިންނަށް ފޯރިއާއި މަޖަލުގެ ބަންދެކެވެ. އެ ދުވަސްތަކުގައި ދިވެހިން ޒަމާނުއްސުރެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ކުލަގަދަ، ދިވެހިންގެ އާދަކާދަ ދައްކުވައިދޭ ހަރަކާތްތަކަކީ ފާހަގަކޮށްލެވޭ ހަރަކާތްތެކެކެވެ. އެގޮތުން މި އަޟްހާ އީދުގެ ބަންދުގެ ތެރޭގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތައް ހިންގުމަށް ރާވާފައިވެއެވެ.

މި ކަވަރޭޖުގައި ގެނެސްދޭނީ އީދުގެ ހަރަކާތްތަކާ ގުޅޭ ހަބަރުތަކާއި ފޮޓޯތަކެވެ.

އީދު ކަވަރޭޖަށް ފޮޓޯއާއި ވީޑިއޯ ފޮނުވުމަށް: 7943663