ސުޕާ ސްޓާ ކަރީނާ ކަޕޫރަކީ ފިލްމުތަކުގައި ބިޒީވި ކަމުގައިވިއަސް އޭނަގެ ދަރިފުޅު ޓައިމުރް އަލީ ޚާން އާއެކު ގިނަ ވަގުތު ހޭދަކުރަން މަސައްކަތް ކުރާ ތަރިއެކެވެ. ބައެއް ފަހަރު ޝޫޓިންތަކަށްވެސް ޓައިމުރު ގެންދެއެވެ.
އިއްޔެ މިވަނީ ކަރީނާ ޓައިމުރުއާއެކު ވީޑިއޯ ކޯލެއްގައި ހުރި މަންޒަރެއްގެ ވީޑިއޯއެއް އާންމުވެފައެވެ. މި ވީޑިއޯއަކީ ކަރީނާ ޑާންސް އިންޑިއާ ޑާންސްގެ ސެޓުން ނުކުމެގެން ދަނިކޮށް ނަގާފައިވާ ވީޑިއޯއެކެވެ.
ވަރިރަލްވެފައިވާ މި ވީޑިއޯއަށް ގިނަ ބައެއްގެ ލޯތްބާއި ތައުރީފު ކަރީނާއަށް ވަނީ ލިބިގެން ގޮސްފައެވެ.
ކަރީނާ އެންމެ އަވަހަށް ދެން ފެނިގެންދާނީ ރާޖް މެހެތާގެ "ގުޑް ނިއުސް" އިންނެވެ. އެއަށްފަހު ފިލްމު "ތަހްތު" އަދި "އަންގްރޭޒީ މީޑިއަމް" އިންވެސް ފެނިގެން ދާނެއެވެ.