ބޮލީވުޑް

ސެކްޝަން 375 ގެ ޓީޒާ ރިލީސްކޮށްފި

އަކްޝޭ ކަންނާ އަދި ރިޗާ ޗަދާ ލީޑް ރޯލުން ފެނިގެންދާ ފިލްމު ސެކްޝަން 375 ގެ ފުރަތަމަ ޓީޒާ ރިލީސްކޮށްފިއެވެ.

އެއް މިނިޓްގެ އެ ޓީޒާ އިން ކޯޓްރޫމެއްގައި ހިނގާ ޑްރާމާގެ ހަގީގަތް ފެނިގެންދެއެވެ. މި ފިލްމަކީ އިންޑިއާގައި ރޭޕް ގެ މައްސަލަތަކަށް ގެނައި ގާނޫނާ ބެހޭގޮތުން ހަދާފައިވާ ފިލްމެކެވެ.

ފިލްމުގައި ރިޗާ ކުޅެނި ޕަބްލިކް ޕްރޮސިކިއުޓާގެ ރޯލެވެ. ރޭޕް ވިކްޓިމްއާ އެއްކޮޅަށް އޭނާ ވަކާލާތު ކުރާއިރު އަކްޝޭ ގެ ރޯލަކީ ޑިފެންސް ވަކީލުގެ ރޯލެވެ. އަކްޝޭ ދިފާއު ކުރަން ޖެހެނީ ފިލްމު ޑައިރެކްޓަރެކެވެ. ޓީޒާގައި އަކްޝޭ އަދި ރިޗާއާ ދެމެދު ހިނގާ ބަހުސްގެ ބައެއް ފެނިގެން ދެއެވެ.

އަޖޭ ބާލް ޑައިރެކްޓް ކުރާ މި ފިލްމު ރިލީސް ކުރަނީ 13 ސެޕްޓެމްބަރުގައެވެ.