ހައުސިން މިނިސްޓްރީ

އޮންލައިންކޮށް ފުލެޓަށް ރަޖިސްޓްރީ ވުމުގައި އެހީވުމަށް "ހެލްޕް ޑެސްކް"އެއް ހައުސިން މިނިސްޓްރީން ގާއިމްކޮށްފި

އާނިފާ ހުސެއިން ސިރާޖް

5

ފުލެޓަށް އެދޭ އޮންލައިން ޕޯޓަލް "މަގޭ ހިޔާވެހި"އަށް ރަޖިސްޓްރީވުމުގައި އެހީތެރިވުމަށް "ހެލްޕް ޑެސްކް"އެއް ހައުސިންގ މިނިސްޓްރީން ގާއިމްކޮށްފިއެވެ.

މަގޭ ހިޔާވެއްސަކީ ކިޔުގައި ނުޖެހި ފުލެޓަށް ރަޖިސްޓް ވުމަށް ހިންގާ އޮންލައިން ޕޯޓަލްއެކެވެ. އޮންލައިން ޕޯޓަލްއެއް މި ކަމަށް ގާއިމް ކުރަން ނިންމީ އެ ކަމުގައި ރައްޔިތުންނަށް ކުރިމަތިވާ ތަކުލީފާއި ދަތިތައް ނައްތާލައި ފަސޭހަ ކުރަން ކަމުގައި ހައުސިން މިނިސްޓްރީން ކުރީން ވަނީ ބުނެފަ އެވެ.

މި ހެލްޕް ޑެސްކް ގެ ހިދުމަތް ދޭނެ ގަޑިތަކަކީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރު 12:00 އަށް ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް 3021500، ނުވަތަ 3021503، ނުވަތަ 3021504 ނަންބަރަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ވެސް އެ މިނިސްޓްރީން އެދެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟