މަގުބޫލު ފިލްމު ސީރީޒް ތަކުގެ ތެރެއިން ޑަބަންގް ތިނެއްގެ ޝޫޓިން ވަނީ ހަފުތާތަކެއް ކުރިން ފަށައިފައެވެ.
މިފަހަރު ފިލްމުގައި ސަލްމާން ޚާންގެ ރޯލު ކަމަށްވާ ޗުލްބުލް ޕާންޑޭ ޒުވާން އިރާއި ދުވަސްވުމުން ހުންނާނެ ގޮތް ފެނިގެންދާނެ އެވެ. އަދި ސަލްމާން ކޮލެޖުގައި އުޅުނު ދުވަސްވަރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ މަހޭޝް މަންޖޭކަރުގެ ދަރިފުޅު ސައީ އާއެވެ.
ސައީގެ ފޮޓޯ މީގެ ކުރިން އާންމުވެފައި ނުވާއިރު ފިލްމުގައި އޭނާގެ ލުކްވެސް އަދި ވަނީ ހާމަނުކޮށެވެ. އެހެންކަމުން ސައީ ވަނީ ވަރަށް ބޮޑަށް ފޮރުވާފައިކަން އެނގެއެވެ. އެއްވެސް ވަރަކަށް ސައީގެ ފޮޓޯއެއް ލީކް ވެދާނެ ކަމަށް ސަލްމާން ވަނީ ފިލްމުގެ ޝޫޓިން ސެޓަށް ފޯނު ވެއްދުންވެސް މަނާކޮށްފައެވެ.
މީޑިއާ ރިޕޯޓްތަކުގައި ވާގޮތުން ސައީއަށް ވެސް ވަނީ ބޭރަށް ގޮސް މީހުން އެއްވާ ތަންތަނަށް ނުދިޔުމަށް އަންގާފައެވެ. ސައީގެ ލުކް ސަލްމާން ބޭނުން ވަނީ އޭނާ އަމިއްލަ އަށް ހާމަކުރުމަށެެވެ. އެެހެންކަމުން އޭގެ ކުރިން އެއްވެސް ވަރަކަށް ސައީގެ ފޮޓޯ އާންމުންނަށް ފެންނާން އެމީހުން ބޭނުން ނުވަނީއެވެ.
ފިލްމުގައި ޗުލްބުލް ޕާންޑޭ އިން ރޮބިން ހުޑް ޕާންޑޭއަށް ސަލްމާން ބަދަލުވެގެން ދާ ގޮތް ފެނިގެން ދާނެއެވެ.
ޕްރަބޫދޭވާ ޑައިރެކްޓް ކުރާ މި ފިލްމުގައި ސޮނާކްޝީ ސިންހާ އަދި އަރްބާޒް ޚާން ވެސް މުހިންމު ރޯލު ތަކުން ފެނިގެން ދާނެއެވެ.