މި ދުވަސްވަރަކީ ގިނަ ފިލްމުތަކެއްގެ ރީމޭކު އުފައްދަމުން އަންނަ ދުވަސްވަރެކެވެ. އެގޮތުން 1982ގައި އުފެއްދި ފިލްމް "އާރތް"ގެ ރީމޭކެއް ހެދުމުގެ މަސައްކަތް ފަށާފައިވާއިރު އެ ފިލްމުގެ ލީޑް ބަތަލާއިންނަށް ޖެކުއިލިން އަދި ސުވާރާ ހަމަޖައްސާފައިވާ ކަމަށް ވަނީ މީގެ ކުރިން ވަަނީ ބުނެފަ އެވެ.
މި ފިލްމަކީ މަހޭޝް ބަޓް ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ރީމޭކް ޑައިރެކްޓް ކުރަނީ ސައުތުގެ މީހެއް ކަމަށްވާ ރެވަތި އެވެ.
ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ފިރިހެން ލީޑުގެ ބައި ކުޅުމަށް އިމްރާން ހަޝްމީ އަށް ވަނީ ހުށަހަޅާފައެވެ. އިމްރާން ކުޅުމަށް ހުށަހަޅާފައިވަނީ ފިލްމުގައި ކުލްބޫޝަން ކަރްބަންޑާ ކުޅެފައިވާ ރޯލެވެ. އަދި އެ ރޯލު ކުޅުމަށް އިމްރާން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް ވެއެވެ.
ފިލްމުގައި ސުވާރާ ކުޅެނީ ފިރިމީހާ ދޫކޮށްލާފައި ދިޔުމުން އަމިއްލަ ނަފްސު ހޯދުމުގެ މަސައްކަތުގައި އުޅޭ މީހެއްގެ ރޯލެވެ. އަދި ޖެކުއިލިން އަކީ އެ ގުޅުމަށް އަންނަ ތިން ވަނަ މީހާއެވެ.
ފިލްމުގެ މަސައްކަތް ޑިސެމްބަރުގައި ފަށަން ހަމަޖައްސާފައިވާއިރު އަދި ރަސްމީކޮށް ކްރޫއިންގެ ނަންތައް އާންމުކޮށްފައެއްނުވެއެވެ.