ރާއްޖޭގެ ފުންނާބު އުސް ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) އާއި މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަބްދުލް ބާސިތު (ބާޗި) ގެ ފުރަތަމަ އަލްބަމް ''އުދުހިލާ''ގެ ކަވާަރު އާންމުކޮށް ދައްކާލައިފިއެވެ.
އަލްބަމުގެ ކަވަރު އާންމުކޮށްފައި ވަނީ ކިޑީގެ އޮފިޝަލް ފޭސްބުކް ޕޭޖުގަ އެވެ. ކިޑީގެ ދަރިފުޅުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ މި އަލްބަމަކީ ތަފާތު ހަތަ ނާނާއެއް އެކުލެވޭ އަލްބަމެއް ކަމަށް ކިޑީގެ އެފްބީ ޕޯސްޓުގައި ބުނެފައިވެއެވެ.
މި އަލްބަމަކީ ސައުންޑް ސްކޮޑް އަދި ލޫޕް ކްރާފްޓް ގެ ޕްރޮޑަކްޝަނެއް ކަމަށް ކިޑީ ބުނެއެވެ. އަދި މި ދެ ކުންފުނިން ކޮށްދެމުން އަންނަ މަސައްކަތަށް ކިޑީ ޝުކުރު އަދާކުރި އެވެ. އަދި ވަރަށް އަވަހަށް މި އަލްބަމް ނެރޭނެ ކަމަށް ކިޑީ ވަނީ ބުނެފައެވެ.
އުދުހިލާ އަލްބަމް ނެރޭނެ ތާރީހެއް އަދި އާންމުކޮށްފައެއް ނުވެއެވެ. ކިޑީ ވަނީ މި އަލްބަމް ނެރޭނެ ތާރީހަކާއި އަލްބަމްގެ ޕާޓްނާސް ވަރަށް އަވަހަށް އިއުލާނު ކުރާނެކަމަށް ބުނެފަ އެވެ.