ހދ. ކުޅުދުއްފުށި، މާފަލު ހިޔާގެ ރޯ ހައުސް ތަކުން ސާމާނުތަކެއް ވަގަށް ނަގައިގެން ވިއްކަމުންދަނިކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ އިއްޔެ ފުލުހުންގެ އިންޓެލިޖެންސް އަށާއި ކުޅުދުއްފުށި ޕޮލިސްޓޭޝަނަށް ލިބުމާ ގުޅިގެން ހޯދި ހޯދުމުން އެތަނުގެ ޔުނިޓަކުން އަގުބޮޑު ސާމާނުތަކެއް ވަގަށް ނަގާފައިވާކަން ވަނީ އެނގިފައި ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ކޯޓު އަމުރެއްްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށް ވަގަށްނެގި ތަކެތި ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 29 އަހަރާއި 26 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދިއުމަށް 12 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.