"ޔުނައިޓެޑްނޭޝަންސް ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިސަލްޓިންގ ފްރޮމްމީޑިއޭޝަން" ގައި ރާއްޖޭން ބައިވެރިވާން މަޖިލީހުން ރުހުން ދީފިއެވެ.
ރައީސުލް ޖުމްހޫރިއްޔާ މަޖިލީހުގެ ރުހުމަށް އެދި ހުށަހެޅުއްވި، މި މައްސަލައަށް މަޖިލީހުގެ ރުހުން އޮތްކަމަށް ފާސްކޮށްފައިވަނީ، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 77 މެންބަރުންގެ ތެރެއިން 72 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މިމުއާހަދާގައި ބައިވެރިވުމުގެ މައްސަލަ ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅީ، މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. އެ ކޮމެޓީގެ ރިޕޯޓްގައިވާ ގޮތުން، މި މުއާހަދާގައި ސޮއިކުރެވުމުން ރާއްޖޭގެ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ލިބިގެން ދާނެ އެވެ.
ރާއްޖޭގެ ވިޔަފާރިތައް ފުޅާ ވެގެން އަންނަ އިރު މިއީ ކޮންމެހެން ބޭނުންތެރި މުއާހަދާއެއް ކަމުގައި ވެސް ކޮމެޓީން ވަނީ ފާހަގަ ކޮށްފައެވެ.
"ޔުނައިޓެޑްނޭޝަންސް ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިސަލްޓިންގ ފްރޮމްމީޑިއޭޝަން" އދ އިން ބަލައިގަތީ 20 ޑިސެންބަރު 2018 ގައެވެ.