ފިލްމު 2.0 ޑައިރެކްޓްކޮށްފައިވާ ޝަންކަރު ޝަންމުގްހަމް މިވަގުތު އަންނަނީ ގިނަ ފިލްމުތަކެއްގެ ސްކްރިޕްޓް ނިންމަމުންނެވެ. އޭގެ ތެރޭގައި ކަނޑުއަޑީގެ ސައިންސް ފިކްޝަން ތްރިލާއެއް ހިމެނެއެވެ.
ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމު ކުޅުމަށް ބޮލީވުޑް ބާދްޝާ ޝާހުރުކް ޚާން އަށް ވަނީ ހުށަހަޅާފައެވެ.
މީގެ ކުރިން މި ފިލްމު ވަނީ ރިތިކް ރޯޝަނަށް ވެސް ހުށަހަޅާފައެވެ. ނަމަވެސް ރިތިކްގެ ޝެޑިއުލް ބިޒީ ކަމުންނާއި އެ ފިލްމު ހުށަހަޅާފައިވަނިކޮށް ސައްތޭޕޭ ސައްތާ އަށް ރިތިކް އެއްބަސް ވުމުން ޝަންކަރުގެ ފިލްމު ޝާހުއަށް ހުށަހެޅީކަމަށް ވެއެވެ.
ފިލްމު 2.0 އަށް ފަހު ޝަންކަރު އެންމެ އަވަހަށް އުފައްދާނީ "އިންޑިއަން 2" ކަމަށް މީގެ ކުރިން މީޑިއާ ރިޕޯޓުތައް ބުނި ނަމަވެސް މިވަގުތު ގިނަ ފިލްމުތަކެއްގެ މަސައްކަތް އެއްފަހަރާ ޝަންކަރު ކުރާ ކަމަށްވެއެވެ.
ޝާހުއަށް ފިލްމު ހެށަހެޅިކަމުގައިވިއަސް އަދި އޭނާ އެޔަށް އެއްބަސް ވެފައިވާކަން ކަށަވަރެއް ނޫނެވެ. ނަމަވެސް ފިލްމުގައި ޖެކީ ޗަން، ތަމަޅަ ތަރިއެއް ކަމަށްވާ ވިޖޭ އަދި ޗައިނީޒް އެކްޓްރެސްއެއް ކަމަށްވާ ލި ބިންގްބިންގް މުހިންމު ރޯލުތަކުން ފެނިގެންދާނެ ކަމަށްވެއެވެ.