މިއަދު ހެނދުނު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލެއް ރުކެއްގައި ޖެހި ޒުވާނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، މިއަދު ހެނދުނު 11:45 ހާއިރު ބޮޑުތަކުރުފާނު މަގު، އައިޖީއެމްއެޗް ކައިރިން ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގޮސް، ރުކެއްގައި ޖެހި ސައިކަލުގެ ފަހަތުގައި އިން 18 އަހަރުގެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
އެހާދިސާގައި އޭނާއަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށާއި އަތުގެ އިނގިލިތައް މަށައިގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އަދި ސައިކަލު ދުއްވަން އިން މީހާއަކީ ލައިސަންސް އޮތް މީހެއް ކަމަށާއި އެހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް އެއްވެސް އަނިޔާއެއް ނުވާކަމަށް ވެސް ފުލުހުން ބުނެއެވެ.