ޕޮލިސް

އީދާ ދިމާކޮށް ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރަން ފަށައިފި

އީދު ޗުއްޓީއަށް ގިނަ ބަޔަކު ކަނޑުމަގުން ދަތުރުކުރާތީ، ކަނޑު ދަތުރުކުރާ އުޅަނދު ފަހަރު ޗެކުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އީދު ޗުއްޓީއަށް ގިނަ ރައްޔިތުން އެއްތަނުން އަނެއް ތަނަށް ކަނޑުމަގުން ދަތުރުކުރާތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މެރިން ޕޮލިހުން ހިންގާ ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށާފައިވާ ކަމަށެވެ.

މިއޮޕަރޭޝަނުގެ ދަށުން ކަނޑުދަތުރުކުރާ އުޅަނދު ފަހަރު ބަލައި ފާސްކުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ފުލުހުން ބުންޏެވެ.

އީދު ބަންދާ ދިމާކޮށް ކޮންމެ އަހަރަކުވެސް މާލެއިން ގިނަ ރައްޔިތުން އަތޮޅުތަކަށް ދަތުރު ކުރެއެވެ. މިދުވަސްވަރާ ދިމާކޮށް ސަލާމަތީ ބާރުތަކުން އަބަދުވެސް އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ހުރިތޯ ބަލައި ފާސްކުރެއެވެ.