ޕޮލިސް

ރަހީނު ކުރުމުގައި ބައިވެރިވި ދެމީހުންގެ ބަންދަށް 10 ދުވަސް

ފަތޯނާ ފާއިޒު

ވެރިރަށް މާލޭގައި މީހަކު ރަހީނު ކުރި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.

މާލޭގައި މީހަކު ރަހީނު ކުރި މައްސަަލަައިގައި އިއްޔެ ވަނީ ދެފިރިހެނުން ހައްޔަރުކޮށްފައެވެ.

"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ދެ ޒުވާނަކު ވެގެން ރަހީނު ކޮށްގެން ގެންގުޅެފައިވަނީ މެދު އުމުރުގެ މީހެކެވެ. ނަމަވެސް އުމުރެއް އަދި ސާފެއް ނުވެއެވެ. އަދި އޭނާ ހައްޔަރުކޮށްގެން ގެންގުޅެފައިވަނީ މާފަންނުގައި ހުންނަ ބިސްބުރު ސަރަހައްދުގައި ހުރި ގެއެއްގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ފުލުހުން މިއަދު ބުނީ މީހަކު ރަހީނުކޮށްގެން ގެންގުޅެ، އެމީހާއަށް އަނިޔާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރު ކުރި އުމުރުން 19 އަހަރުގެ މީހާއާއި 22 އަހަރުގެ މީހާ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށެވެ.