އެސްޓީއޯ

ކެންސަރު ބަލީގެ ފަރުވާ އިތުރަށް ފުޅާކުރަނީ

1

ކެންސަރުގެ ބަލިތަކާ އަދި އެބަލިތަކަށް މިހާރު ލިބެން ހުރި ބޭސްފަރުވާގެ މައުލޫމާތާއި، ކުރިން ރާއްޖެއިން ލިބެންނެތް ފަރުވާތަކާއި ބޭސްތައް އަލަށް ތައާރަފު ކުރުމުގެ ގޮތުން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން ހާއްސަ ކޮންފަރެންސެއް ބާއްވައިފިއެވެ.

އޮންކޯ ސްޕެކްޓްރާގެ ނަމުގައި ބޭއްވި އެ ކޮންފަރެންސް ކުރިއަށް ގެންގޮސްފައިވަނީ ހުޅުލެ އައިލެންޑް ހޮޓެލްގައެވެ. އެސްޓީއޯއިން ބުނީ، އެ ކޮންފަރެންސް ކުރިއަށް ގެންގޮސްފައިވަނީ 100އަށްވުރެ ގިނަ ބައިވެރިންނާއެކު ކަމަށެވެ.

އެކުންފުނިން ބުނީ ކޮންފަރެންސްގައި ބައިވެރިވި ނަރުހުންނަށް ހާއްސަ ފުލް ޑޭ ޓްރެއިނިންގ ޕްރޮގްރާމެއް މާދަމާ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ކޮންފަރެންސްގެ ސަބަބުން ރާއްޖޭގައި ކެންސަރު ބަލިތަކަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ރާއްޖެއިން ބޭރަށް ނުގޮސް ފަރުވާ ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

މި ކޮންފަރެންސްގައި އައިޖީއެމްއެޗް، އޭޑީކޭ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގެ ޑަކުޓަރުންނާއި ނަރުހުންނާއި ލެބޯރެޓަރީ ޓެކްނީޝަނުން ވަނީ ބައިވެރިވެފައެވެ.

ޑރ. ރެޑީސްގެ ފަރާތުން އިސްނަގައިގެން ބާއްވާ މި ކޮންފަރެންސް އިންތިޒާމުކުރެވިފައިވަނީ އެސްޓީއޯ އާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ވިލިމާލެ ހޮސްޕިޓަލުގެ ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ.

އެސްޓީއޯގެ ފަރާތުން ސިއްހީ ދާއިރާ ކުރިއެރުވުމަށް މިހާތަނަށް ވަނީ ވަރަށް ގިނަ ވޯކްޝޮޕްތަކާއި ކޮންފަރެންސްތައް ބާއްވާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟