މިދިޔަ ހަފުތާގެ ތެރޭގައި ވެސް 460 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޓްރެފިކް މެނޭޖްމެންޓުން މިއަދު ނެރުނު 27 ޖުލައި އާއި 02 އޮގަސްޓާ ދެމެދުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން ޖުމްލަ 460 ވެހިކަލެއްގައި ވަނީ ސްޓިކާ ޖަހާފައެވެ.
އެގޮތުން ގަވާއިދާ ހިލާފަށް ޕާކުކުރުމާއި ގުޅިގެން 70 ވެހިިކަލެއް ޓޯކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ވަނީ ގެންގޮސްފަ އެވެ.
މި މުއްދަތުގެ ތެރޭގައި 49 މަގުމަތީގެ އެކަސިޑެންްޓް ހިނގައި 11 މީހުންނަށް އަނިޔާވެފައިކަމުގައި ފުލުހުން މައުލޫމާތުދެއެވެ. އަދި ފުލުހުން ވަނީ އެކްސިޑެންޓް ތަކާ ގުޅިގެން އަށް މީހެއްގެ ލައިސެންސް ވެސް ހިިފަހައްޓާފައެވެ.
ލައިސެންސް ނުލައި ވެހިކަލް ދުއްވުމުގެ 48 މައްސަލައަކާއި ލައިސެންސް ނެތި ދުއްވުމުގެ 63 މައްސަލައެއް ފުލުހުން ވަނީ ބަލައިފައެވެ. މީގެ އިތުރުންވެސް ޓްރެފިކް ނިޝާން ތަކާ ހިލާފަށް ދުއްވުމުގެ 16 މައްސަލައެއްވެސް ފުލުހުން ވަނީ ބަލައިފައެވެ.
ބާރަށް ދުއްވުމުގެ 42 މައްސަލައެއް ވަނީ މި މުއްދަތުގެ ތެރޭގައި ރިކޯޑުކުރެވިފައެވެ.
ފޯނުގައި އިނދެގެން ވެހިކަލް ދުއްވުމުގެ 20 މައްސަލައަކާއި ދުންފަތުގެ އިސްތިއުމާލުކުރަމުން ދުއްވުމުގެ މައްސަލައިގެ އިތުރުން މާ ގިނައިން ވާހަކަދުއްވަމުން ވެހިކަލް ދުއްވުމުގެ 10 މައްސަލައެއް ވެސް ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.