މުނިފޫހިފިލުވުން

ބޮޑު އީދު ހަބޭސް ކުރަން "ހަބޭސް" ތައްޔާރު

ފަތޯނާ ފާއިޒު

މިއަހަރުގެ ބޮޑު އީދަށް ވަގުތު ކުޑަތަން ވެއްޖެއެވެ. ބުރަ ބޮޑު ދިރިއުޅުމުން ދުރުވެ، ހިތްހަމަ ޖައްސާލައި މަޖާ ކޮށްލަން އުފަން ރަށަށް، ނުވަތަ އަތޮޅު ތެރޭ ރަށަކަށްދާން ގިނަ ބަޔަކު ތިބީ ފޫގަޅައިގެންނެވެ. އަތޮޅުތެރޭގެ ރަށްތަކުން ވެސް ބޮޑު އީދަށް ފަތުއަޑު ކިޔާފައި ތައްޔާރު ވަމުންދާއިރު، މިއުޒިކީ ބޭންޑުތަކާއި ފިލްމީ އަދި މިއުޒިކީ ތަރިންގެ ޝެޑިއުލް ވަރަށް ވެސް ބިޒީއެވެ.

ހާއްސަކޮށް ދިވެހިންގެ ލޭ ނިކަން ފަސޭހައިން ކެކިއަރައިގެން ބަންޑުންކޮށްލަދޭ ބޮޑުބެރު ގުރޫޕްތަކުން މި އީދަށް ވަމުންދާ ތައްޔާރީ އިތުރެވެ. ހާއްސަކޮށް ރާއްޖޭގައި މިވަގުތު އޮތް އެންމެ މަގުބޫލު އަދި އެންމެ ތަރުހީބު ބޮޑު ބޮޑުބެރު ގުރޫޕް، "ހަބޭސް"ގެ ޝެޑިއުލް މި އީދަށް އޮތީ ގާތްގަނޑަކަށް ފުރިފައެވެ.

މި ބޮޑު އީދުގައި ހަބޭސް ބޮޑުބެރު ގުރޫޕުން ހއ. ހޯރަފުށި، ހއ. ދިއްދޫ، ނ. ވެލިދޫގެ އިތުރުން އެ އަތޮޅު ހޮޅުދޫގެ އަދި ގދ. ގައްދޫއަށް ދިއުމަށް ހަމަޖެހިފައިވާއިރު، އެ ރަށްތަކުގައި ބޮޑުބެރުގެ އަޑު ގުގުމާލުމުގެ އިތުރުން ދިވެހިންގެ ސަގާފީ އައިޓަމްތަކާއެކު ތަފާތު ހަރަކާތްތައް ފެނިގެންދާނެ ހަބޭސް ބޮޑުބެރު ގުރޫޕުން ބުނެ އެވެ.

ހުނަރުގެ ގޮތުންނާއި ތަޖުރިބާގެ ގޮތުން ވެސް ރާއްޖޭގައި މިވަގުތު އެންމެ ބޮޑަށް ނަގާ ކިޔާ ހަބޭސް ބޮޑުބެރު ގުރޫޕަކީ ބޮޑުބެރުގެ އިތުރުން ހަބޭސްގެ ކުޑައިގެ ދަށުން މިއުޒިކީ އިތުރު ދެ ގުރޫޕެއް ވެސް ހިންގަމުންނެވެ. އެއީ ލެވިޓޭޝަން ބައި ހަބޭސް އަދި ހަބޭސް ފިއުޝަނެވެ. އަދި ރާއްޖޭގައި ދެވަނަ އެއް ނެތް ހަބޭސްގެ ސްޓޫޑިއޯއިން ވަނީ ހަތަރު ބޮޑުބެރު އަލްބަމާއި ތިން މަދަހަ އަލްބަމް ވެސް ނެރެފަ އެވެ.

އެހެންކަމުން ހަބޭސް އީދަކަށް ހަބޭސް ބޮޑުބެރު ގުރޫޕުން އަރާ ރަށަކަށް ދާން ދަތުރު ހަދަން މިއޮތީ އެނގިފަ އެވެ. ހަބޭސް ބޮޑުބެރު ގުރޫޕުން ދޭ ޔަގީންކަމަކީ މިއަހަރުގެ ބޮޑު އީދު ފޫހި ނުވާނެ ކަމެވެ. އެކަމަށް އެ ގުރޫޕުން އެއޮތީ އަތުކުރި އޮޅާ ލައިގެންނެވެ.