މަސްތުވާތަކެތީގެ މައްސަލަތައް

މަސްތުވާތަކެއްޗާއެކު ޓީޖެޓީ ސަރަހައްދުން މީހަކު ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

މަސްތުވާތަކެއްޗާއެކު ޓީޖެޓީ ސަރަހައްދުން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތި ހިފައިގެން ޓީ ޖެޓީގައި އޮތް މުދާ އުފުލާ ދޯންޏަކުން ރާއްޖެތެރެ ރަށަކަށް ދިއުމަށް ފުރަން އުޅެނިކޮށް ހައްޔަރުކުރީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ޕޮލިސް އިންޓެލިޖަންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގެ ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި އެ މީހާގެ ހަށިގަނޑު ބަލައި ފާސްކުރުމުން އޭނާގެ ޖިންސް ޖީބުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އެއް ރަބަރު ޕެކެޓާއި އޭނާ ކޮނޑުގައި އަޅާފައި އޮތް ދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓާއި އެއް ކޮތަޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އަތުލައިގެން މަސްތުވާތަކެތީގެ ބަރުދަނުގައި 80 ގްރާމްގެ ހުރިކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.