ޑރ. މުހައްމަދު ޖަމީލް އަހްމަދު

އަދީބު ފިލުމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ: ޑރ. ޖަމީލު

ފަތޯނާ ފާއިޒު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން ދިއުމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީދު އަހުމަދު ވިދާޅުވެއްޖެއެވެ.

"އެމްއެމްޕީއާރްސީ މައްސަލާގައި ސަރުކާރުގެ އިހްލާސްތެރިކަން އޮތް މިންވަރު އެނގޭނީ ތުހުމަތުކުރެވޭ ބޮޑުންނާ މެދު އަމަލުކުރާ ގޮތުން. އަދީބު ފިލައިގެން ދިއުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެ. ސަރުކާރުން ބޭނުންވާ މީހުންގެ މައްސަލަތައް އަވަސްކުރެވޭއިރު މި މައްސަލަ ތަފާތުވަނީ ކީއްވެ؟" ޑރ. ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ޖަމީލު ކުރެއްވި ޓްވީޓު

ކުރީގެ ނައިބު ރައީސް ޖަމީލު އެެހެން ވިދާޅުވީ އަހުމަދު އަދީބު ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވާން އުޅެނިކޮށް، ހައްޔަރުކޮށްފި ކަމަށް އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު ހައްޔަރުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ. އިންޑިއާގެ ޓުއްޓިކުރިންގެ އެއާޕޯޓުން އަދީބު ހައްޔަރުކުރީ ޓަގު ބޯޓުގައި ބަނދަރަށް ކައިރި ކުރުމުން ކަމަށް އެނގިފައިވެ އެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށުން އެ ބަނދަރުން އަދީބު އެހެން އުޅަނދަކަށް އަރުވައިގެން ވަނީ ގެންގޮސްފަ އެވެ.