ބޮލީވުޑް

އިންޝާﷲ ގެ ޝޫޓިން މިމަހު ފަށަނީ

ސަންޖޭލީލާ ބަންސާލީ ޑައިރެކްޓް ކުރާ ފިލްމު އިންޝާﷲގެ ޝޫޓިން މިމަހު ފަށާނެކަން ފަހުގެ ރިޕޯޓްތައް ބުނެފިއެވެ.

ސަލްމާން ޚާން އަދި އާލިޔާ ބަޓް ލީޑުން ފެނިގެންދާނެ މި ފިލްމަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.

މިއީ 20 އަހަރު ފަހުން ސަލްމާން އަދި ބަންސާލީ އެކީގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. ފިލްމު ގެ ޝޫޓިން ފަށަން ހަމަޖައްސާފައިވަނީ މިމަހު މެދެއްހާ ހިސާބުގައެވެ. ފުރަތަމަ ޝޫޓް ކުރުމަށް ހަމަޖައްސާފައިވަނީ ސަލްމާންގެ އިންޓްރޮޑަކްޓަރީ ސީނެއްކަމަށްވެއެވެ. އެ ޝޫޓިން ކުރިއަށް ދާނީ މުމްބާއީގައެވެ.

ފިލްމުގެ ޕްލޮޓާ ބެހޭ މާބޮޑު ވާހަކައެއް ހާމަކޮށްފައިނުވި ނަމަވެސް މުމްބާއީ މިރޯގައި ވާގޮތުން ފިލްމަކީ ރޮމް-ކޮމް ފިލްމެކެވެ. ސަލްމާން ކުޅެނީ 40 އަހަރުގެ ވިޔަފާރިވެރިއެއްްގެ ރޯލެވެ. އާލިޔާ އަކީ 20 އަހަރުގެ، ކުރިއަރަމުން އަންނަ އެކްޓްރެސްއެކެވެ. އުމުރުގެ ތަފާތު އޮތް ނަމަވެސް ފިލްމުން އެދެމީހުންގެ ރޯލު ޖަސްޓިފައިވެގެންދާނެ ކަމަށް ވެއެވެ.

އާލިޔާ މިވަގުތު ހުރީ އާއިލާއާއެކު ޗުއްޓީއެއްގައި އޫޓީގައެވެ. ސަލްމާން އަންނަނީ ފިލްމު "ޑަބަންގް 3" ގެ ޝޫޓިންގައި ހަރަކާތްތެރިވަމުންނެވެ.