ފިލްމު އުފައްދާ ފަރާތްތަކެއް ކަމަށްވާ ނިތޭޝް ތިވާރީ އަދި ރަވީ އުދްޔަވަރު ގެ އެކްޝަން ފިލްމު ތްރިލޮޖީ "ރާމަޔާނާ" ޝޫޓް ކުރުމުގެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ނިމިފައެވެ. މި ފިލްމު ނެރެން ހަމަޖެހިފައިވަނީ ތްރީޑީ ކޮށެވެ. މިއީ ބަޖެޓް ފިލްމެކެވެ.
ފިލްމު ގެ ބަތަލުންގެ ރޯލުން ފެނިގެންދާނެ ތަރީންގެ ނަންތައް މިހާތަނަށް ހިއްސާކޮށްފައި ނުވާއިރު އެކި ގޮތްތޮތަށް އަޑުތައްވަނީ ފެތުރިފައެވެ.
ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގައި ލީޑް ރޯލުން ރާމް ގެ ބައިން ފެނިގެން ދާނީ ރިތިކް ރޯޝަންއެވެ. ސީތާގެ ރޯލުން ފެނިގެންދާނީ ދީޕިކާ ޕަޑުކޯން ކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް ފިލްމުގެ ފަރާތުން ރަސްމީކޮށް ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.
ޑައިރެކްޓަރު ނިތޭޝް އީޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބުނީ ފިލްމު ރާމަޔާނާ ހެދުމަށް ކެތްމަދުވެފައިވާކަމަށާއި އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު "ޗިޗޯރު"ގެ މަސައްކަތް ނިމުނުހާ އަވަހަކަށް ރާމަނާޔާގެ މަސައްކަތް ފެށުމަށް ނިންމާފައިވާކަމަށެެވެ. މި ފިލްމަކީ އޭނާ އަށް ބޮޑު ޗެލެންޖެއްކަމަށްވެސް ނިތޭޝް ވަނީ ބުނެފައެވެ.
ފިލްމު އުފައްދަން ހަމަޖެހިފައިވަނީ ހިންދީ، ޓެމިލް އަދި ޓެލްގޫ ބަހުންނެވެ. މުޅި ފިލްމުގެ ބަޖެޓަކީ 500 ކްރޯޑް އިންޑިއަން ރުޕީސްއެވެ.