ބޮލީވުޑްގެ ގިނަ މަޝްހޫރު ތަރިންތަކެއް ހިމަނައިގެން އުފައްދާ ފިލްމު ކަލަންކާއާ ބެހޭގޮތުން އެ ފިލްމްގެ އެއް ލީޑް ތަރި ކަމަށްވާ ސޮނާކްޝީ ސިންގްހާ ވަނީ އެއާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ.
މަދޫރީ ޑިކްސިތް، އާލިއާ ބަޓް، ވަރުން ދަވަން، ކުނާލް ކެމޫ، އަދިތްޔާ ރޯއީ ކަޕޫރު އަދި ސަންޖޭ ދަތު މި ފިލްމުގައި މުހިއްމު ރޯލުތަކެއް ކުޅެއެވެ.
ފިލްމާ ގުޅޭގޮތުން ސޮނާކްޝީ ބުނި ގޮތުގައި އެ ފިލްމަކީ ވާހަކަ މޮޅު ފިލްމެކެވެ. އަދި ފިލްމުގައި ސޮނާކްޝީގެ ރޯލަކީ ވަރަށް ޗެލެންޖިން ރޯލެކެވެ. ފިލްމްގައި ހިމެނުމަކީވެސް ވަރަށް ބޮޑު އުފަލެއް ކަމުގައި ސޮނާކްޝީ ވަނީ ބުނެފައެވެ. ފިލްމުގައި ހަރަކާތްތެރިވާ ހުރިހާ ތަރިންވެސް މުޅިން އާ ރޯލުތަކުން ފެނިގެންދާނެ ކަމަށް ސޮނާކްޝީ އިތުރަށް ވަނީ ވޯގްއަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ.
ސޮނާކްޝީއަކީ ވޯގް މެގަޒިންގެ ނޮވެމްބަރު "ފެސްޓިވް ސްޕެޝަލް" އެޑިޝަންގެ ކަވަރ ގާލްއެވެ. 31 އަހަރުގެ ސޮނާކްޝީ މެގަޒިންގެ ކަވަރ ފޮޓޯގައި ލާފައި ހުރީ ޕީކޮކް އެމްބެލިޝްޑް ލެހެންގާ އެކެވެ.
އިންޓަވިއުގައި ސޮނާކްޝީ ވަނީ ފެސްޓިވް ސީޒަނަކީ އޭނާގެ މުޅި އާއިލާ އެކީގައި އެއްކޮށް ވަގުތު ހޭދަކުރާ ވަގުތެއް ކަމުން އެއީ ވަރަށް ހާއްސަ ވަގުތެއް ކަމަށެވެ. މިއީ އުފާފާޅުކުރާ ވަގުތު ކަމަށްވެސް ސޮނާކްޝީ ވަނީ ބުނެފައެވެ.