މިނިސްޓަރު އިމްރާން އަބްދުﷲ

ވަގުތީގޮތުން ހޯމް މިނިސްޓްރީ ހިންގެވުން މިނިސްޓަރު މާރިއާ އަށް

މިނިސްޓަރު އޮފް ހޯމް އެފެއާޒް ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ފުރާވަޑައިގަތުމުން ވަގުތީގޮތުން ހޯމް މިނިސްޓްރީ ހިންގެވުމުގެ މަސްއޫލިއްޔަތު ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީއާ ހަވާލުކުރައްވައިފި އެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތުދެއްވަމުން، ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަފްސީ އަބްދުﷲ ވަނީ މިކަން ކަށަވަރުކޮށްދެއްވައިފައެވެ. ހަފްސީ ވިދާޅުވީ މިނިސްޓަރު އިމްރާން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފުރާވަޑައިގެންނެވީ މިމަހު 29ގައި ކަމަށެވެ. އެއީ މިދިޔަ ހޯމަ ދުވަހުއެވެ.

ރާއްޖެއަށް މިއަހަރު 2000 ހައްޖުކޯޓަ ލިބިފައިވާއިރު ހައްޖަށް ދާ މީހުން 21 ޖުލައިގައި ވަނީ ވަނީ ފުރަން ފަށާފައެވެ. މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުން ފުރާ އެންމެ ފަހު ތާރީހަކީ އޮގަސްޓް ފަހެކެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރު ހައްޖު ދުވަސް ދިމާވަނީ އޮގަސްޓު 10 ވާ ހޮނިހިރު ދުވަހާއެވެ.